twitterviber whatsapp telegramfacebookyoutube instagram
7th July 2025

34 ވަނަ އިންފޯފިޝް ގަވަރިނިން ކައުންސިލް ބައްދަލުވުން ރާއްޖޭގައި ފަށައިފި

Dec 16, 2019

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން މިއަދު ރާއްޖޭގައި ފަށައިފިއެވެ. މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގައި ޑިސެމްބަރު މަހު 19 ގެ ނިޔަލަށެވެ.

މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު ބައިވެރިވެވަޑައިގަންވާނެއެވެ. ރާއްޖޭގައި މިބާއްވާ ގަވަރނިންގ ކައުންސިލްގެ ބައްދަލުވުމުގައި އިންފޯފިޝްގެ 7 މެމްބަރު ގައުމަކުން ބައިވެރިވާނެއެވެ.

އިންފޯފިޝް އަކީ ދުނިޔޭގެ ކާބޯތަކެއްޗާއި ބެހޭ ޖަމުއިއްޔާ (އެފް.އޭ.އޯ) ގެ އެހީތެރިކަމާއެކު ހިންގާ ސަރަހައްދީ މެމްބަރު ގައުމުތައް ތަމްސީލުކުރާ ޖަމުއިއްޔާއެކެވެ. މިޖަމްއިއްޔާގައި 13 މެމްބަރު ގައުމު އެކުލެވެއެވެ. އިންފޯފިޝްއިން އޭޝިޔާއާއި ޕެސިފިކް ގައުމުތަކުގެ މަސްވެރިކަމާ އެކުއާކަލްޗަރ ކުރިއަރުވާ ބައިނަލްއަގްވާމީ ވިޔަފާރިފުޅާކުރުމަށް އެހީތެރިވެދީ މާރކެޓްތަކާއި ގުޅުވައިދިނުމަށް މަގު ފަހިކޮށްދެއެވެ.

2019 ވަނަ އަހަރު އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ރިޔާސަތު ބަލަހައްޓަމުން ގެންދަނީ ދިވެހިރާއްޖޭންނެވެ.

މިއަހަރު ރާއްޖޭގައި މި ބާއްވާ އިންފޯފިޝްގެ ގަވަރިނިންގ ކައުންސިލްގައި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވެއެވެ.

ދުނިޔޭގައި ކަނޑުމަހުގެ މަސްވެރިކަމާގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް އިންތިޒާމްކުރަނީ އިންފޯފިޝްއިންނެވެ. އިންފޯފިޝް ޓޫނާ ކޮންފަރެންސް އަކީ ކޮންމެ 2 އަހަރަކުން އެއް އަހަރު އިންތިޒާމުކުރަމުން ގެންދާ އިވެންޓެކެވެ. މީގެއިތުރުން އިންފޯފިޝް އިން މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ބައެއް ޕްރޮޖެކްޓްތައް އެހެން ބައެއް އެހީ ދޭ ޖަމްއިއްޔާ ތަކާ ގުޅިގެން ހިންގަމުން ގެންދެއެވެ. އިންފޯފިޝް މެދުވެރިކޮށް މަސްވެރިކަމާއި އެކުއާކަލްޗަރގެ ވިޔަފާރި މާކެޓް ކުރުމާގުޅޭ ފަންނީ ލަފަޔާ މަޝްވަރާ އިންފޯފިޝް މެދުވެރިކޮށް މެމްބަރު ޤައުމުތަކަށް ލިބޭނޭ ނިޒާމެއްވެސް ވަނީ ހަމަޖެހިފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355