އަންނަ އަހަރު ގައުމީ އާ މަންހަޖާއެކު އޯލެވެލް އިމްތިހާނަށް ބަދަލުތަކެއް ގެންނަން ނިންމައިފި އެވެ.
އެގޮތުން ފުރަތަމަ ފަހަރަށް އެސްއެސްސީ އިމްތިހާނުގައި ގުރުއާން ހިމެނުމަށް ވަނީ ނިންމާފައެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބުނީ ކީ ސްޓޭޖް ހަތަރެއްގައި ކިޔަވާ ދަރިވަރުން ގްރޭޑު 10 އަށް އަންނަ އަހަރަށް ބަދަލުވާއިރު، އެ ދަރިވަރުންނަށް ގުރުއާން އެސެސްމަންޓުތަކެއް ދޭނެ ކަމަށެވެ. އެ ހިމަނަނީ އެސްއެސްސީ އިމްތިހާނެއްގެ ގޮތުގައި ކަމަށް ވިއަސް އެ އިމްތިހާނުގެ ތެރޭގައި ގުރުއާން މާއްދާ އަށް ވަކިން ޓެސްޓް ހަދާކަށް ނުޖެހޭނެ އެވެ.
އެ ދަރިވަރުންނަށް މިހާރު ވަނީ އަންނަ އަހަރުގެ ފެބްރުއަރީގެ ކުރިން އެއް އެސައިމަންޓް ނިންމަން ހަވާލުކޮށްފަ އެވެ. އަދި ދެވަނަ އެސައިމެންޓް ފުރަތަމަ ޓާމު ނިމުމުގެ ކުރިން ހަވާލުކުރަންޖެއެވެ.
މީގެ އިތުރުން ތަޖުވީދާއި ގުރުއާނުގެ އެކި އާޔަތްތަކުން އަނގަ ބަހުންވެސް ދަރިވަރުންނާއި ސުވާލުކުރުމަށް ނިންމާފައިވާއިރު ސުވާލުކުރާއިރު ވީޑިއޯ ކުރުމަށް ވަނީ ނިންމާފައެވެ.
އެސްއެސްސީގައި ގުރުއާން ހިމެނުމުގެ އިތުރުން ދިވެހި އަދި އިސްލާމް ކަރުދާހަށް ވެސް ބަދަލުތަކެއް އަންނާނެ އެވެ. ދިވެހި ކަރުދާސް އެކެއް އަދި ދޭއްގައި ވެސް އަންނަ އަހަރުން ފެށިގެން އަންނާނީ ދޭހަ އާއި ލިޔުންތެރިކަމާ ގުޅޭ ސުވާލެވެ.
ކަރުދާސް އެކެއްގައި މީގެ ކުރިން އަންނަނީ ލިޔުންތެރިކަމާ ގުޅޭ ސުވާލެވެ. ދެވަނަ ކަރުދާހުގައި ހިމެނޭނީ ދޭހަ އާއި އަދަބިއްޔާތުގެ ބައެވެ. ސިޓީ އެއްޗެހި ލިޔުމެއް ވެސް ނޯންނާނެ އެވެ.
ނަމަވެސް ސިޓީ ލިޔުމަށް ލިޔުންތެރިކަމުގެ ތެރޭގައި އަތުވެދާނެ ކަމަށާއި އެކަމަކު އެ ސިޓީތައް ލިޔަން ޖެހޭނީ ވެސް ލިޔާ ގޮތާ ހިލާފަށް ދިރާސާ ސިޓީ ކަމަށް އިހްސާން ވިދާޅުވި އެވެ.
އިސްލާމް ކަރުދާސް އެކެއްގައި މީގެ ކުރިން ހުންނަނީ ކުރު ޖަވާބުދޭ ސުވާލުތަކެވެ. ނަމަވެސް އަންނަ އަހަރުން ފެށިގެން ރަނގަޅު ޖަވާބުގައި ފާހަގަލުމުގެ ސުވާލުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.