twitterviber whatsapp telegramfacebookyoutube instagram
9th July 2026

މިނިމަމް ވޭޖާގުޅޭ ދެ ދިރާސާއެއް މަޖިލީހުގެ އަންނަ ދައުރަށް ހުށައަޅަނީ

ޚަދީޖާ އާދަމް
Dec 17, 2019

އެންމެ ކުޑަ އުޖޫރަ ނުވަތަ ''މިނިމަމްވޭޖް' 'އާއި ގުޅޭ ދެ ދިރާސާއެއް ލިބިފައިވާ ކަމަށާއި ދެ ރިޕޯޓް ކެބިނެޓަށް ހުށައެޅުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ އަންނަ ދައުރަށް ހުށައަޅަން ހަމަޖެހިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ލޭބާ އޯގަނައިޒޭޝަން (އައިއެލްއޯ) އާއި މުސާރައާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑުގެ ފަރާތުން ތައްޔާރުކޮށްފައިވާ ދެ ދިރާސާ މިނިސްޓަރު ފައްޔާޒަށް އަރުވާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމަވާލައްވައި މެމްބަރުން ޗުއްޓީ އަށް ވަޑައިގެންނެވިއިރު ނުނިމިއޮތީ މިނިމަމްވޭޖް ބިލުގެ މަސައްކަތް އެކަންޏެވެ. އަދި މި މަސައްކަތްތައް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ފައްޔާޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މިނިމަމްވޭޖް ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކަށް ވާއިރު ދުނިޔޭގެ މަސައްކަތްތެރިންގެ ދުވަހާ ދިމާކޮށް ރައީސް ވަނީ މަސައްކަތްތެރިންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅާނެ ގޮތާ މެދު ލަފާދޭނެ ކޮމިޓީއެއް ވެސް އެކުލަވާލާފައެވެ. އަދި އެ ބިލު ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރުމަށް ކޮމެޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355