twitterviber whatsapp telegramfacebookyoutube instagram
6th May 2024

ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ލިސްޓަށް ހދ ގެ ތިން ރަށެއް!

Dec 18, 2019
1

ފަތުރުވެރިކަމަށް މުޅިން އަލަށް ދޫކުރާ ބިންތަކާއި 29 ރަށް ސަރުކާރުން އިއުލާނުކޮށްފި އެވެ. ޓޫރިޒަމް މިނިސްޓްރީން ދަރުބާރުގޭގައި "ބުރަބި"ގެ ނަމުގައި ބޭއްވި ޖަލްސާގައި އެކަން އިއުލާނުކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ.

އެ ލިސްޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ "ވަން އައިލެންޑް، ވަން ރިސޯޓު" ކޮންސެޕްޓުގެ ދަށުން މުޅިން އަލަށް ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކާއި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން ފަތުރުވެރިކަމަށް ބިން ދޫކުރާ ރަށްތަކެވެ.

މި ރަށްތަކުގެ ތެރޭގައި ހދ އަތޮޅުގެ ތިން ރަށެއް ވަނީ ހިމަނާފަ އެވެ. އެއީ: ހދ ހޮނޑައިދޫ (19.10 ހެކްޓަރ، 500 އެނދު، 800 ވަޒީފާ. ހދ ކުޑަފަރުފަސްގަނޑު (1.20 ހެކްޓަރ، 233 އެނދު، 349 ވަޒީފާ. ހދ ވައިކަރަމުރައިދޫ (15 ހެކްޓަރ، 436 އެނދު، 600 ވަޒީފާ، އެވެ.

ހއ އަތޮޅުން ހަތަރު ރަށެއް ފަތުރުވެރިކަމަށް ދޫކުރާ ރަށްތަކުގެ ތެރޭގައި ވަނީ ހިމަނާފަ އެވެ. އެއީ ހއ މާފިނޮޅު، ދައްޕަރު، މެދަފުށި، އަލިދުއްފަރު ފިނޮޅެވެ. އަލީ ވަހީދު ވިދާޅުވީ ޓޫރިޒަމަށް ރަށްތައް ދޫކުރުމުގައި އެ އަތޮޅެއްގެ ރައްޔިތުން ބޭނުންވާ ރަށްތަކަށް ހާއްސަ އިސްކަންދީގެން ކަމަށެވެ. އެހެންނަމަވެސް ކޮންމެ އަތޮޅަކުން ވެސް ރަށްތައް ކަނޑައެޅުމުގައި ތިމާވެށީގެ ގޮތުން ކުރާނެ އަސަރާއި ރާއްޖޭގެ އެހެން ސިނާއަތްތަކަށް މުހިއްމު ރަށްތައް ނުހިމަނަން އިސްކަންދީފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތުން ހދ އަތޮޅުން ފަތުރުވެރިކަމަށް ދޫކުރުމަށް އިތުރު ރަށްތަކެއްވެސް ބެލި އެވެ. ނަމަވެސް އެރަށްތަކުގައި ރިސޯޓް ހަދަން ދޫނުކުރީ އެއީ އެހެން މަސައްކަތްތަކެއް ކުރެވިދާނެ ރަށްތަކެއްކަމަށް ފާހަގަކުރެވުމުންނެވެ. އެގޮތުން ހދ ފަރިދޫ، ކަނަމަނަ، މުއިރީވެސް ބެލި އެވެ. އެރަށްތަކަކީ އެ އަތޮޅުގެ ރައްޔިތުން ފަތުރުވެރިކަން ތަރައްގީކޮށްދިނުމަށް ސަރުކާރުގައި އެދުނު ރަށްތަކެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355