twitterviber whatsapp telegramfacebookyoutube instagram
9th June 2025

އުރީދޫ ހިންގާ ގަވައިދާއި އަސާސީ ގަވައިދުގެ އިސްލާހުތައް ފާސްކޮށްފި

ޚަދީޖާ އާދަމް
Dec 18, 2019

އުރީދޫއިން ރޭ ހޮޓެލް ޖެންގައި ކުރިއަށްގެންދި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއްގައި އުރީދޫގެ ހިންގާ ގަވާއިދާއި އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު ފާސްކޮށްފި އެވެ.

އެ ޖަލްސާގައި ޖުމްލަ 91 ހިއްސާދާރުން ބައިވެރިވެފައި ވާއިރު، އޭގެ ތެރެއިން 32 ހިއްސާދާރުންނަކީ ޕްރޮކްސީ ހުށަހަޅައިގެން ބައިވެރިވެފައިވާ ފަރާތްތައް ކަމަށް އުރީދޫއިން ބުނެފައިވެ އެވެ. އޭގެތެރެއިން ރޭގެ ޖަލްސާއަށް ހާޒިރުވެފައިވަނީ 59 ހިއްސާދާރުންނެވެ.

އާންމު ޖަލްސާއަށް ހުށަހަޅާފައިވާ އިސްލާހުގައި އިތުރަށް ބުނެފައިވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށްޓަކައި ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ ދައުރަކަށް ވާނީ އޭނާ ޑިރެކްޓަރުކަމަށް އިންތިހާބުކުރާ ޖަލްސާއިން ފެށިގެން އެ ޖަލްސާވެސް ހިމެނޭގޮތަށް ތިންވަނަ އޭޖީއެމްއާ ހަމައަށެވެ. ނުވަތަ ތިން ޖަލްސާގެ ދެމެދުން ހިނގާ ދެ އަހަރު ދުވަހަށެވެ.

ޖަލްސާގައި ބައިވެރިވި ހިއްސާދާރުން ރަމްޒުކޮށްފައިވަނީ 136.5 މިލިއަން ހިއްސާ އެވެ.އުރީދޫއިން ބުނެފައިވަނީ އިސްލާހުކޮށްފައިވާ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދު، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ރަޖިސްޓަރީ ކުރުމަށްފަހު ކުންފުނީގެ ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ. އަަދި އިސްލާހަށް އަމަލުކުރަން ފަށާނީ ވެބްސައިޓުގައި އާންމުކުރާ ދުވަހުން ފެށިގެން ކަމަށްވެސް އުރީދޫއިން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355