twitterviber whatsapp telegramfacebookyoutube instagram
21st May 2024

34 ވަނަ އިންފޯފިޝް ގަވަރިނިން ކައުންސިލް ބައްދަލުވުން ނިންމާލައިފި

ޚަދީޖާ އާދަމް
Dec 21, 2019

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބު ކަމާއިއެކު ނިންމާލައިފި އެވެ.

މިބައްދަލުވުމުގައި ސައުތު އީސްޓް އޭޝިޔަން ފިޝަރީޒް ޑެވެލޮޕްމަންޓް ސެންޓަރ (ސީފްޑެކް) އާއި އިންފޯފިޝް އާދެމެދު، އިންފޯފިޝްގެ މެމްބަރު ޤައުމުތަކަށް މަސްވެރިކަމާއި އެކުއާކަލްޗަރ ގެ ދާއިރާއިން އެހީތެރިވުމަށްޓަކައި އެމް.އޯ.ޔޫ އެއް އެކުލަވާލުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.

އެގޮތުން އެސެންޓަރުން މަސްވެރިކަމުގެ ތަރައްގީކުރަން ކުރާ ބައެއް މަސައްކަތްތައް އިންފޯފިޝް އާއި ހިއްސާކުރުމާއި 2020 ވަނަ އަހަރު ސީފްޑެކުން ހިންގާ ބައެއް ތަމްރީނުތަކުގައި އިންފޯފިޝްގެ މެމްބަރު ގައުމުތައް ބައިވެރިވުމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ. މީގެކުރިން ސީފްޑެކްއިން ހިންގާ ތަމްރީނުތަކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނީ އެސެންޓަރުގެ މެމްބަރު ގައުމުތައް ކަމުގައިވާ އާސިޔާންގެ ގައުމުތަކަށެވެ.

މިގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ދައިރާއަށް ބޭނުންވަ ބައެއް މުހިއްމު ތަމްރީނުތައް ހިންގާނޭ ދާއިރާތައް ވަނީ ކަނޑައެޅިފައެވެ. އޭގެތެރޭގައި މަސްވެރި އުޅަނދުތަކުގައި މަހުގެ ކޮލީޓި ހިފެހެއްޓުމާއި މަސްވެރިކަމުގެ މާރކެޓްތަކުގެ ދިރާސާކުރާނެ ގޮތްތަކާއި ވެލިޔު ޗެއިން ދިރާސާކުރުމާއި ގުޅޭގޮތުން ތަމްރީނު ދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

މިއެމް.އޯ.ޔޫގައި ސޮއިކުރުމުން އެސެންޓަރުން ހިންގާ ތަފާތު ތަމްރީނު ތަކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދާނެއެވެ. މިއީ ރާއްޖެފަދަ މިބާވަތުގެ ތަމްރީނަށް ބޭނުންވެފައިވާ ގައުމަކަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމަކަށް ވެގެންދާނެއެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުމުގައި މެމްބަރު 7 ޤައުމަކުން ޖުމްލަ 17 ފަރާތެއް ބައިވެރިވިއެވެ. އަދި އެފް.އޭ.އޯގެ މަންދޫބުންގެ އިތުރުން، އިންޓަރނެޝަނަލް 2 އޮބްސަރވަރުން ބައިވެރިވިއެވެ. އޭގެ އިތުރުން މިބައްދަލުވުމުގައި ފިޖީގެ މިނިސްޓަރ އޮފް ފިޝަރީޒް ހިޒް އެކްސެލެންސީ ސެމީ ކޮރޮއިލަވެސައު އަދި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަ އެމްބެސެޑަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ވަސީމް އަކްރަމް ބައިވެރިވެ ވަޑައިގެންނެވިކަން ފާހަގަކޮށްލަމެވެ.

34 ވަނަ އިންފޯފިޝް ގަވަރނިންގ ކައުންސިލް ބައްދަލުވުން ކާމިޔާބުކަމާއެކު ބޭއްވުމަށް އެހީތެރިވީ ހުރިހާ ފަރާތްތަކަށް އިންފޯފިޝް ގަވަރނިންގ ކައުންސިލްގެ ޗެއަރމަން އާދަމް މަނިކު ޝުކުރު އަދާކުރިއެވެ. އަދި ދިވެހިރާއްޖެއިން އަދާކުރި ފުރިހަމަ މެހުމާންދާރީއަށް، ބައިވެރިވި ހުރިހާ މެމްބަރު ގައުމުތަކުން ޝުކުރު އަދާކުރިއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355