twitterviber whatsapp telegramfacebookyoutube instagram
23rd December 2025

އުތުރުގެ މަސްވެރިންގެ އުދާސްތަކާއެކު ޔާސިރު މިނިސްޓަރު ޒަހާ އަރިހަށް

Dec 22, 2019
6

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފު އުތުރުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާބެހޭގޮތުން ފިޝަރީސް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ މިނިސްޓްރ ޒަހާ ވަހީދާއެކު މަޝްވަރާކުރައްވައިފި އެވެ.

މިއަދު ކުރެއްވި ޕޯސްޓެއްގައި ޔާސިރު ވިދާޅުވީމި ބައްދަލުވުމުގައި އުތުރުގެ މަސްވެރިންނަށް ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ހޯދެން ހުރިގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާނެ ކަމަށެވެ.

އަދި އަވަސް މުސްތަގުބަލެއްގައި މަސްވެރިންގެ އުދާސްތަަކަށް ހައްލެއް ލިބިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށާއި މިހާރުވެސް މިނިސްޓްރީ މި ސިނާއަތް ކުރިއެރުވުމަށް އުތުރުގެ މަސްވެރިން ބާނާ މަސް ފަސޭހައިން ވިއްކޭނެ މުހިއްމު ފުރުސަތުތައް ފަހިކޮށްދެއްވުމަށް ކުރައްވާ މަސައްކަތް ޔާސިރު ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

މި ބައްދަލުވުމުގެ ތެރެއިން ކުޅުދުއްފުށީގެ ރައްޔިތުން ގޭގައި ދަނޑުވެރިކަން ކުރުމުގެ ފުރުސަތުތަކާއި ބެހޭގޮތުންވެސް ވަނީ މަޝްވަރާ ކުރައްވާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355