twitterviber whatsapp telegramfacebookyoutube instagram
28th March 2024

އަންނަ އަހަރު ނޭކުރެންދޫގައި އަޅައި ޖަލާއެކު ނިޒާމަށް ބޮޑު ބަދަލެއް ގެންނާނަން

Dec 25, 2019

އަންނަ އަހަރު ހދ. ނޭކުރުންދޫގައި ޖަލެއް އަޅަން ފަށަން ނިންމާފައިވާކަމަށާއި އަދި ޖަލުގެ ނިޒާމަށް ބޮޑު ބަދަލެއް ގެންނާނެކަމަށް ހޯމް މިނިސްޓަރު އިމްރަން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ޖަލުތައް ފުރި އިތުރު ކުށްވެރިންތައް ޖަލަށްލެވޭނެ ގޮތެއް ނެތް ކަމަށް ކަރެކްޝަންސްއިން ފުލުހުންގެ މުވައްސަސާއަށް އަންގާފައިވާއިރު ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ ޖަލުގެ ޖާގައިގެ ދަތިކަމަށް ހައްލެއް ގެންނަވާނެކަމަށެވެ.

އަދި ޖަލުގެ ޖާގައިގެ ދަތިކަން ދިމާވުމަކީ ހޯމް މިނިސްޓްރީންވެސް ބޭނުންވާގޮތެއް ނޫން ކަަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އަދި އެގޮތަށް ދިމާވަނީ ކަރެކްޝަންސް ސާވިސްގައި އެކަށީގެންވާ ޖާގަ ނެތުމުން ކަމަށާއި މީހުން ބަންދުކޮށްގެން މިވަގުތު ގެންގުޅެވޭނީ 1300 އެއްހާ މީހުން ކަަމަށް އިމްރާން ވިދާޅުވިއެވެ.

ބިދޭސީންނަށް އަމާޒުކޮށް ހުޅުމާލޭގަިއ މި އަހަރު އަލަށްވެސް 60 ޖާގައިގެ ތަނެއް ވަނީ ހަދައިފައެވެ.

ކުރީ ސަރުކާރުތަކަށް ފާޑުވިދާޅުވެ މިނިސްޓަރު ވިދާޅުވީ މީގެ 10 އަހަރާ ބަލާއިރު މިއަހަރުއެކަނިވެސް ޖަލުގެ ޖާގައިގެ ދަތިކަން ހައްލުކުރަން މަސައްކަތް ކުރި ކަމަށެވެ. އެގޮތުން ކުރިން ބޭނުންނުރެވި ހުރި ޖަލުތަކުގެ ތަންތަނުން 180 ޖާގަ ހެދިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ.

ޖަލުތައް ފުރުމާ ގުޅިގެން ކަރެކްޝަނަލް ސާވިސްއާ ހަވާލުކުރަންޖެހޭ 58 ގައިދީއަކު މިވަގުތު ބަހައްޓާފައި ހުރީ ދޫނިދޫ ޖަލުގައެވެ.

ޖަލުތައް ތޮއްޖެހިފަިއވާތީ އެކަން ހައްލުކުރަން މިހާރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ހޯމް މިނިސްޓްރީން ވަނީ މަޝްވަރާތައް ފަށައިފއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355