twitterviber whatsapp telegramfacebookyoutube instagram
14th June 2025
ADVERTISEMENT

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން އިތުރު 5 ރަށަކަށް އެހީވަނީ

ޚަދީޖާ އާދަމް
Dec 25, 2019
2

އަމިއްލަ ފަރުދުންނާއި ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދެމެހެއްޓެނިވި ގޮތެއްގައި ރަށްރަށުގައި ހިންގުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވަސް އިން ތައާރަފްކުރި އަހަރެމެންގެ ބޭންކް ކޮމިނިއުޓީ ފަންޑުގެ ހަތަރު ވަނަ ކުއާޓަރގައި ހުށަހެޅުނު ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވޭ 5 ޕްރޮޖެކްޓް ހޮވައިފިއެވެ.

އެގޮތުން މި ކުއާޓާގައި ބީއެމްއެލްއިން ހިންގާ 5 ޕްރިޖެކްޓަކީ:

- ހދ ކުމުންދޫގައި ސޯލާ ޕަވާރ މަގު ބައްތި ޖެހުން

- ތ ގުރައިދޫގައި ޕްލާސްޓިކް ރިސައިކަލް ޕޮއިންޓެއް ގާއިމް ކުރުން

- ހދ ކުރިނބީގައި އައުޓް ޑޯ ފިޓްނެސް ޕާކެއް ގާއިމް ކުރުން

- ހއ ހޯރަފުށީގައި ކުޑަކުދިންނަށް ހާއްސަ ތިމާވެއްޓާ ރައްޓެހި ގްރީން ޕާކެއް އެޅުން

- ތ ވިލުފުށީގައި އައުޓް ޑޯ ޖިމެއް އެޅުން

އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށާއި، ތަޢުލީމު، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކަށް މިއަހަރުގެ ކޮންމެ ކުއާޓަރ އެއްގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައަޅައިގެން ހިންގޭ ޕްރޮގްރާމެކެވެ.

ބޭންކުގެ އެންމެ ބޮޑު އެއް އަމާޒަކީ ބޭންކަށް ލިބޭ ފައިދާ އަނބުރާ މުޖުތަމައަށް ފޯރުކޮށް ދިނުން ކަމަށާއި މި އަހަރު އިފްތިތާހުކުރެވުނު ކޮމިއުނިޓީ ފަންޑާއެކު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކަށް މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގެ ކުރިއެރުމަށާއި ލާބައަށް ކުރާ މަސައްކަތް މިވަނީ އިތުރުވެގެން ގޮސްފައިވާ ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.

ނަން
ކޮމެންޓް
ފާރޫގް
ރަނގަޅު ކަމެއް އަސްލު.ވަރަށް އުފާވޭ.އެކަމަކު ބެންކް އިން ދޫކުރާ ލޯނުތަކުގެ އިންޓަރރެސްޓް ރޭޓް ކުޑަކޮށްލަބަލަ.ރައްޔިތުންގެ ލޭބޯލަނީ ތި.
ފާރޫގް
ރަނގަޅު ކަމެއް އަސްލު.ވަރަށް އުފާވޭ.އެކަމަކު ބެންކް އިން ދޫކުރާ ލޯނުތަކުގެ އިންޓަރރެސްޓް ރޭޓް ކުޑަކޮށްލަބަލަ.ރައްޔިތުންގެ ލޭބޯލަނީ ތި.
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com