އިރު ކޭތަ ނުވަތަ ހަނދު ކޭތަ ހިފުމުން ދުނިޔެއަށް ވެރިކޮށްދޭ އަނދިރިކަން ހަނދާންކޮށްދެނީ ކަށްވަޅުގެ އަނދިރިކަންކަމަށް މިއަދު ކޭތަ ނަމާދުގެ ހުތުބާގައި ބުނެފި އެވެ.
މިއަދު ހެނދުނު މުޅީ ރާއްޖޭގައި ކުރި ކޭތަ ނަމާދުގެ ހުތުބާގައި ބުނީ ކޭތަ ހިފަނީ ވަކި މީހަކު މަރުވެގެން ނުވަތަ އުފަންވެގެން ނޫނަމަ ހަމައެކަނި ގުދުރަތީ ސަބަބުތަކާ ހެދި ނޫން ކަމަށެވެ. އެކަމަކު ކޭތަ ހިފަނީ މީސްތަކުންގެ ކުށްފާފަތަކާއި އުރެދުންތައް ގިނަވަމުގެ ސަބަބުންވެސް ކޭތަ ހިފާ ކަމަށް ކީރިތި ރަސޫލާގެ ބަސްފަޅުތަކުން ދޭހަވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ.
ކޭތަ ހިފުން ފަދަ ކަންތައްތަކަކީ ގިޔާމަތް ދުވަހުގެ މަތިން ހަނދުމަކޮށްދެއްވުމަށް މާތްﷲ މިންވަރު ކުރައްވާފައިވާ ކަންކަން ކަމަށާއި ގިޔާމަތް ދުވަހަށް ސަމާލުވުމަށް ހުތުބާގައި ގޮވާލާފައިވެ އެވެ.
"ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ. ޤިޔާމަތްވުން ފެށޭނީ ވަރުގަދަ ބިންހެލުމަކާއި، ހަނދުކޭތަ ހިފުމަކާއި، ތަރިތައް ވެރި ބުރައިގެންދާ ދިއުމަކުންނެވެ." ރާއްޖޭގައި މިއަދު ކުރި ކޭތަ ނަމާދުގެ ހުތުބާގައި ބުނެފައިވެ އެވެ.
އަދި އެއީ ހަމައެކަނި ޤުދުރަތީ ކަމެއްގެ ގޮތުގައި ނުދެކި، އެކަމާއި މެދު ޝަރުޢީ ނަޒަރަކުން ވިސްނުމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ. ކޭތަ ހިފުމަކީ މާތްﷲ އިރަށާއި ހަނދަށް މިންވަރު ކުރައްވާފައިވާ ދައުރުވުންތަކުގެ ސަބަބުން ހިނގާ ކަމެއް ކަމަށްވެސް ހުތުބާގައި ބުނެފައިވެ އެވެ.