twitterviber whatsapp telegramfacebookyoutube instagram
18th May 2024

ނާސްތާ ޕްރޮގްރާމްގެ މެނޫއަށް މަސް ބަނަހާއި ޕިއްޒާ އިތުރުކުރަނީ

ޚަދީޖާ އާދަމް
Dec 26, 2019

އަންނަ އަހަރުން ފެށިގެން ސްކޫލްތަކުގެ ނާސްތާ ޕްރޮގްރާމްގެ މެނޫއަށް މަސް ބަނަހާއި ޕިއްޒާ އިތުރުކުރަން ނިންމާފައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މެނޫއަށް ބަދަލުގެންނަން ނިންމީ ދަރިވަރުންގެ ފަރާތުން ލިބުނު "ފީޑްބެކް" އަށް ބެލުމަށްފަހު ނާސްތާގައި ދޭތަކެތި ތަފާތު ކުރުމުގެ ގޮތުންނެވެ.

އެކި ދުވަސްތަކަށް ބަހާލައިގެން ދޭން ނިންމާފައިވާ ކާތަކެތީގެ ތެރޭގައި ވަސް މަސް ބަނަހާއި ދިގު މަސް ބަނަހާއި ޕިއްޒާ ހިމެނެއެވެ.

އެގޮތުން މަސްބަނަހުގައި ފަރުމަހާއި ކުކުޅުމަހާއި ލެޓިއުސް ޓޮމާޓޯ ކިއުކަމްބާވެސް އަޅާގޮތަށް ހިމެނެއެވެ. އޭގެ އިތުރުން މަޔޮނައިޒް ނާޅައި ލޮނާއި ތެޔޮ މަދުން ބޭނުންކުރަން ނިންމާފަިއވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ނިިމިގެން ދިޔަ ދިރާސީ އަހަރު ނާސްތާ ޕްރޮގްރާމްގައި 83 ޕަސެންޓް ދަރިވަރުން ބައިވެރިވި ކަމަށާއި އަދި ޖުމްލަ 134.3 މިލިއަން ރުިފޔާ ހަރަދުވި ކަމަށެވެ.

ސްކޫލުތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭން ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ. އަޖުމަ ބެލުމުގެ ގޮތުން ފެށި އެ ޕްރޮގްރާމްގައި ނާސްތާ ފުރަތަމަ ދީފައިވަނީ 25 ސްކޫލެއްގަ އެވެ. އަދި ބާކީ ހުރި 188 ސްކޫލުގައި ނާސްތާ ޕްރޮގްރާމް ފެށީ މިދިޔަ ޖުލައި މަހުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355