twitterviber whatsapp telegramfacebookyoutube instagram
24th April 2024

ވައިކަރަދޫގައި އިމާރާތްކުރާ މަސްމާރުކޭޓްގެ މަސައްކަތް ފަށައިފި

Dec 26, 2019

ހދ ވައިކަރަދޫގައި އިމާރާތްކުރާ މަސްމާރުކޭޓްގެ އަމަލީ މަސައްކަތް ފަށައިފި އެވެ. މި މަސްމާރުކޭޓްގެ މަސައްކަތް ކުރަނީ ކިޔު ވަން މޯލްޑިވްސްއާ އެވެ.

1.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ދައުލަތުގެ ބަޖެޓުން އިމާރާތްކުރާ މި މަސްމާރުކޭޓަކީ ދެ ބުރިއަށް އިމާރާތްކުރާ ތަނެކެވެ. މިތަނުގައި މަތީ ބުރި ހާއްސަކޮށްފައިވަނީ ރެސްޓޯރަންޓަކަށެވެ.

ކިޔު ވަން މޯލްޑިވްސްއާ ހަވާލުކޮށްގެން ހަދައި މި މަސްމާރުކޭޓް 120 ދުވަސްތެރޭގައި ނިންމަން ޖެހެ އެވެ. މަސްމާރުކޭޓް ހަދަނީ ރަށުގެ ބަނދަރު ހުޅަނގު ކޮޅުގައި އެވެ.

މަސްމާރުކޭޓްގެ ސަބަބުން ރަށުގެ މަސްވެރިންނަށް މަސް ވިއްކުމުގައި ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355