twitterviber whatsapp telegramfacebookyoutube instagram
21st February 2026

ކައުންސިލުތައް މެދުވެރިކޮށް ޕާސްޕޯޓަށް ހުށައެޅުމުގެ ހިދުމަތެއް ފަށައިފި

ޚަދީޖާ އާދަމް
Dec 30, 2019

ރަށު ކައުންސިލްތައް މެދުވެރިކޮށް "ރާށުން" ގެ ނަމުގައި ޕާސްޕޯޓް ހަދަން ހުށަހެޅުމުގެ ހިދުމަތެއް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ފަށައިފި އެވެ.

އިމިގްރޭޝަނުން އިއްޔެ ފެށި ހިދުމަތުގެ ބޭނުމަކީ ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ހިދުމަތް ރާއްޖޭގެ އެކި ރަށްތަކަށް ފޯރުކޮށްދިނުމެވެ.

މި ހިދުމަތް ފުރަތަމަ ފަށާފައިވަނީ ތ. އަތޮޅުގައެވެ. އެގޮތުން ތ. ވޭމަންޑޫ ކައުންސިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި މިހާރު ހުށަހެޅޭނެ ކަމަށާއި ޕާސްޕޯޓަށް އެދި އެކައުންސިލަށް ހުށަހެޅުމުން ލިޔެކިއުންތައް ފުރިހަމަ ނަމަ 48 ގަޑި އިރުގެ ތެރޭފައި ޕާސްޕޯޓް ނިމޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މިއަދު ތައާރަފްކުރި ހިދުމަތް ރާއްޖޭގެ އެކި އަތޮޅުތަކުގައި ފަށަން ނިންމާފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ. އަދި ޕާސްޕޯޓް އިމިގްރޭޝަންގެ އޮފީސްތައް ހުންނަ ކޮންމެ ރަށަކުން ވެސް ނެގޭނެ އެވެ.

އިތުރު ރަށްތަކަށް ހިދުމަތް ތައާރަފް ކުރާނީ ކޮން އިރަކު ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355