twitterviber whatsapp telegramfacebookyoutube instagram
14th January 2026

ށ އަތޮޅު ދެ ރަށެއްގެ ބަނދަރު ހެދުމަށް ހަވާލުކޮށްފި

ޚަދީޖާ އާދަމް
Dec 30, 2019

ށ ފޭދު އަދި ށ ފޯކައިދޫގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.

ނޭޝަނަލް ޕްލޭނިން މިނިސްޓްރީން ވަނީ ޖުމްލަ ހަ ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީ އަދި އަމިއްލަ ކުންފުންނި ހެވީ ފޯކަސްއާއި ހަވާލުކޮށްފަ އެވެ.

އެގޮތުން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ އދ. ހަންޔާމީދު އާއި ކ. ހިންމަފުއްޓާއި ށ. ފޭދު އަދި ށ. ފޯކައިދޫގެ ބަނދަރު މަސައްކަތެވެ.

ހެވީ ފޯކަސްއާ ހަވާލުކުރީ ރ. ރަސްގެތީމުގެ ބަނދަރާއި ޖެޓީ ހެދުމުގެ މަޝްރޫއު އާއި އދ. ދިއްދޫގެ ބަނދަރު ހެދުމުގެ މަޝްރޫއު އެވެ.

އެމްޓީސީސީއަށް މި މަޝްރޫއުތައް ނިންމަން ދިނީ 10 މަހާއި 16 މަހާ ދެމެދުގެ މުއްދަތެކެވެ. ހެވީ ފޯކަސްގެ މަޝްރޫއުތައް ނިންމަން ދީފައިވަނީ 10 މަހާ 14 މަސްދުވަހުގެ މުއްދަތެކެވެ.

މި މަޝްރޫއުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ހިނގަނީ 55 މިލިއަން ރުފިޔާގެ ބަޖެޓެއް އޮތް ފޯކައިދޫގެ ބަނދަރުގެ ފެންވަރު މިހާރަށް ވުރެ ރަނގަޅު ކުރުމުގެ މަސައްކަތަށެވެ. ރަސްގެތީމުގެ މަޝްރޫއަށް 50 މިލިއަން ރުފިޔާ ހޭދަވާ އިރު ދިއްދޫގެ ބަނދަރު ހަދަނީ 21.9 މިލިއަން ރުފިޔާގެ ބަޖެޓަކުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355