twitterviber whatsapp telegramfacebookyoutube instagram
17th May 2024

ސާރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް، ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ: ސިރާޖު

Dec 30, 2019

ސަރވިސް ޗާޖަކީ މުވައްޒަފުންގެ ހައްގެއް ކަމަށާއި ގާނޫނުގައި ބަޔާން ކޮއްފައިވާގޮތަށް ސަރވިސް ޗާޖު ނުދޭ ފަރާތްތަކަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ސިރާޖު ވިދާޅުވީ މިކަމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށާއި ހަމައަށް ސާރވިސް ޗާޖު ނުދޭނަމަ އެވާހަކަ ދައްކާނެކަމަށެވެ.

ސިރާޖުގެ މި ޓްވީޓަކީ ހޮނޑާފުށި އައިލެންޑް ރިސޯޓުން ސަރވިސް ޗާޖުގެ ގޮތުގައި ދިނީ އެންމެ 11 ޑޮލަރު (169.62ރ.) ކަމަށް ބުނި މުވައްޒަފު އަޙްމަދު ޝިމްހާޒު އިބްރާހިމް ވަޒީފާއިން ވަކިކުރުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެކެވެ.

ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ. އޭނާ އަކީ އެ ރިސޯޓުގެ ސެކިއުރިޓީ ގާޑެއްގެ މަގާމު އަދާކުރަމުން އައި މީހެކެވެ.

ޝިމްހާޒު ވަޒީފާއިން ވަކިކޮށްފައިވާކަން އެނގުނީ އޭނާ އެކަން ބަޔާންކޮށް އެހީއަށް އެދި ޓޫރިޒަމް އެމްޕްލޮއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އަށް ފޮނުވި މެސެޖު އާންމުވުމާއި ގުޅިގެންނެވެ.

ޝިމްހާޒުގެ މެސެޖުގައި ބުނެފައި ވަނީ އޭނާ އަކީ ވަރަށް ދުރު ހިސާބެއްގެ މީހެއް ކަމުން އޭނާއަށް ރިސޯޓު ކައިރި ރަށަކުން އަޅާލާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި، އޭނާގެ އެއްވެސް ކުށެއް ނެތި ރިސޯޓުން ކަނޑާލާފައިވާއިރު، ރިސޯޓުން މަނާކުރާ އެއްވެސް ކުށެއް ކޮށްފައި ނުވާނެ ކަމަށްވެސް ޝިމްހާޒު ވަނި ބުނެފަ އެވެ.

އެޚަބަރު އާންމުވުމާއި ގުޅިގެން ސޭލްސްކޯ ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ އަމިއްލަ ކުންފުންޏެއްގެ އިސް ބޭފުޅެއް ކަމަށްވާ އަޙްމަދު ޒާހިދު ވަނީ ޝިމްހާޒަށް ވަޒީފާއެއް ހުށަހަޅުއްވައިފަ އެވެ.

ޒާހިދު ވިދާޅުވީ އެކުންފުނީގެ ސޭލްސް ޑިޕާޓްމަންޓުން ޝިމްހާޒަށް ވަޒީފާއެއް ދިނުމަކީ އެކުންފުންޏަށް ލިބޭ އުފަލެއް ކަމަށާއި، އަދި ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ޙައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތް ކުރުމަކީ އެ ކުންފުނިން ބާރުއަޅައި ހިތްވަރުދޭ ކަމެއް ކަމަށްވެސް ޒާހިދު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355