twitterviber whatsapp telegramfacebookyoutube instagram
21st February 2026

ކުޅުދުއްފުށީގައި ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށައިފިން: އީސީ

ޚަދީޖާ އާދަމް
Dec 31, 2019
3

މާދަމާ އިން ފެށިގެން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމުމާއި ގުޅިގެން ކުޅުދުއްފުއްޓަށް ސިޓީ ކައުންސިލެއް އިންތިހާބު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ން މިއަދު ބުނެފި އެވެ.

އެ ކޮމިޝަނުން ކުރި ޓްވިޓެއްގައި ބުނެފައިވަނީ ކުޅުދުއްފުށީގައި ދެން އިންތިހާބު ކުރާނީ ސިޓީ ކައުންސިލެއް ކަމަށެވެ.

ކުޅުދުއްފުށީގެ އިންތިހާބު ދެން ކުރިއަށް ގެންދަން ޖެހޭނީ ދާއިރާތަކަކަށް ބަހައިގެން ކަމަށާއި އެ މަސައްކަތްތައް އިލެކްޝަންސް ކޮމިޝަނުން މިހާރު ފަށާފައި ވާއިރު ލަސްނުވެ ދާއިރާތައް ކަނޑައަޅާނެކަމަށް އެކޮމިޝަނުން މައުލޫމާތު ދެއެވެ.

ސިޓީއެއްގެ ދަރަޖަ ލިބުމާ އެކު ތަފާތަކީ ކުޅުދުއްފުށީގައި ވެސް މޭޔަރަކު އިންތިހާބު ކުރަން ޖެހުމެވެ. އެ ކައުންސިލްގައި ދެން ހިމެނިވަޑައިގަންނަވާނީ މޭޔަރަކާއި އަންހެން ދެ ކައުންސިލަރުންނާ އެކު ޖުމްލަ ހަތް ބޭފުޅުންނެވެ. ކުރިން ވެސް ކައުންސިލްގައި ތިއްބެވީ ހަތް މެމްބަރުންނެވެ.

ކުޅުދުއްފުށީގެ އިތުރުން ރާއްޖޭގެ ސިޓީ ތަކަކީ މާލެ އާއި އައްޑޫ އަދި ފުވައްމުލަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355