މިއަހަރުގެ ތެރޭގައި ހުޅުވުމަށް މަސައްކަތް ކުރަމުންދާ އެއާޕޯޓްތައް ހުޅުވޭނެ ތާރީހުތައް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އިއުލާނު ކުރައްވައިފި އެވެ.
ގައިވެސް ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ މިއަަހަރުގެ ކުރީކޮޅު ބައެއް އެއާޕޯޓްތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވީ ރޭ ވީޓީވީއަށް ދެއްވި އިންޓަވިއުއެއްގަ އެވެ.
އެގޮތުން އެންމެ އަވަހަށް ހުޅުވިގެން ދަނީ ފުނަދޫ އެއާޕޯޓެެވެ. އެ އެއާޕޯޓް މި މަސްތެރޭ ހުޅުވިގެން ދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މާޗު މަހުގެ ތެރޭގައި މާވަރުލު އަދި މަޑިވަރު އެއާޕޯޓް ހުޅުވުމަށް ނިންމާފައިވާއިރު ހޯރަފުށި އެއާޕޯޓް އޮގަސްޓުމަހު ހުޅުވިގެން ދާނެއެެވެ.
މިނިސްޓަރ ނަހުލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލާ ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށާއި އަދި ކުރީ ސަރުކާރުން ހުޅުވި ކުޅުދުއްފުށި އެއާޕޯޓް އަދިވެސް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރުގައި ނޫން ކަމަށާ މިއަހަރުގެ ތެރޭގައި އެ ރަށުގެ އެއާޕޯޓްވެސް އިތުރަށް ތަރައްގީ ކުރައްވާނެ ކަމަށެވެ.