twitterviber whatsapp telegramfacebookyoutube instagram
21st May 2024

އިތުރު ތަމްރީނެއް ހަދައިގެން ލައިސަންސް ނެގޭގޮތް ހަދަނީ

ޚަދީޖާ އާދަމް
Jan 2, 2020
1

އަލަށް ނަގާ މީހުން ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅާ ފަރާތަކުން، ނުވަތަ ފުލުހުން ދޭ ތަމްރީނެއް ހަދައިގެން ލައިސަންސް ނެގޭގޮތަށް ގަވައިދު ބަދަލު ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރޭ ވިދާޅުވީ އެފަދަ ތަމްރީނެއް ހަދަން ޖެހުމަކީ ރައްކާތެރިކަމާ މެދު ވިސްނަން މީހުންނަށް މަޖުބޫރުވާނެ ކަމެއް ކަމަށާއި އެއީ މުހިއްމު މަސައްކަތެއް ކަމަށެވެ.

އަދި ލައިސަންސް ނަގަން އެޕްލައި ކުރެވޭނީ ތަމްރީނު ހެދުމަށް ފަހުގައި ކަމަށާއި އެގޮތަށް ނިންމީ ދަތުރުފަތުރަށް މީހުން އަހުލުވެރިކޮށް، އެކްސިޑެންޓްތައް މަދުކުރުުގެ މަގުސަދުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މެޝިނަރީ އަށް ރީޑް ކުރެވޭ ފަދަ އަދި ފަސޭހަ އިން ހަނދާން ބެހެއްޓޭ ފަދަ ސިފަތަކާ އެކު އާ ނަމްބަރު ޕްލޭޓެއް ވެސް މި އަހަރު ތައާރަފްކުރަން ނިންމާފައިވާ ކަމަށާއި އެކަން ވަރަށް އަވަހަށް އިއުލާނު ކުރާނެ ކަމަށް ވެސް ނަހުލާ ވިދާޅުވި އެވެ.

އެއްގަމު ދަތުރުފަތުރާ ގުޅޭ ގޮތުން މި އަހަރު ކުރަން ނިންމާފައިވާ މަސައްކަތްތަކާ ބެހޭ ގޮތުން ނަހުލާ ވިދާޅުވީ މަގުމަތީގެ އާ ސައިންބޯޑްތައް ވެސް މި އަހަރު ތައާރަފްކުރާނެ ކަމަށެވެ. ބޯޑްތައް ތައާރަފްކުރުމުގެ ބޭނުމަކީ އޭނާ ވިދާޅުވި ގޮތުގައި މަގުމަތީގެ ރައްކާތެރިކަން އަދި ހާއްްސަކޮށް ބްރިޖާއި ލިންކްރޯޑް ސަރަހައްދުގެ ރައްކާތެރިކަން އިތުރުކުރުން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355