twitterviber whatsapp telegramfacebookyoutube instagram
25th April 2024

ކުޅުދުއްފުށީ އެއާޕޯޓް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރެއްގައި ނޫން، އިތުރަށް ތަރައްގީ ކުރަނީ

ނަބީލާ އިސްމާޢީލް
Jan 3, 2020
5

ކުޅުދުއްފުށި އެއާޕޯޓް އޮތީ ސަރުކާރުން ބޭނުންވާ ފެންވަރުގައި ނޫން ކަމަށާއި މި އަހަރު ތެރޭގައި އެ އެއާޕޯޓް އިތުރަށް ތަރައްގީ ކުރާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އެއާޕޯޓަކީ އެއްވެސް ކަމެއް ފުރިހަމަ ނުކޮށް 2018 ވަނަ އަހަރު ސެޕްޓެމްބަރު 21 ވަނަ ދުވަހު ރިޔާސީ އިންތިހާބާ ދިމާކޮށް ރައީސް ޔާމިން ހުޅުވައިދެއްވި އެއާޕޯޓެކެވެ.

ނަމަވެސް އޭގެ ފަހުން މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އެތަން މިހާރު އެއޮތް ވަރަށް ހެދުމަށްފަހު މިހާރުގެ ސަރުކާރުން އެ އެއާޕޯޓަށް ދަތުރުތައް ފެށީ މިދިޔަ އަހަރު އޯގަސްޓް 9 ވަނަ ދުވަހު އެވެ. ފެށި އިރު ހަފްތާ އަކު 3 ފުލައިޓް ޖެއްސި ނަމަވެސް މިހާރު އަންނަނީ ކޮންމެ ދުވަހަކު ފުލައިޓް ދަތުރުކުރަމުންނެވެ.

މީގެ އިތުރުން އުތުރުގެ އިންޓަނޭޝަނަލް އެއާޕޯޓް ކަމަށްވާ ހދ. ހަނިމާދޫ އެއާޕޯޓަށްވެސް ތަރައްގީގެ މުހިންމު ބަދަލުތަކެއް ގެންނަވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ވީޓީވީގައި ވާހަކަ ދައްކަވަމުން ނަހުލާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވައިގެ ދަތުރުފަތުރުން ރާއްޖެ ގުޅުވާލާ ރައްޔިތުންނަށް ފަސޭހައިން ދަތުރު ކުރެވޭނެ ގޮތްތަކެއް ހަމަޖައްސައިދިނުން ކަމަށާއި މި އަހަރު ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވަން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ މިއަަހަރުގެ ކުރީކޮޅު ބައެއް އެއާޕޯޓްތައް ހުޅުވިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި ފުނަދޫ އެއާޕޯޓް، މާވަރުލު އެއާޕޯޓް، މަޑިވަރު އެއާޕޯޓް، ހޯރަފުށި އެއާޕޯޓް އަދި ފަރެސް މާތޮޑާ އެއާޕޯޓް ހުޅުވަން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355