twitterviber whatsapp telegramfacebookyoutube instagram
14th August 2020

އެންމެ ފަހުގެ ޓީސީއެލް ޕްލެކްސް، ފޯނުގެ ފީޗާރސްތައް

Jan 4, 2020

މި އަހަރު އޮކްޓޯބަރ މަހު ނެރުނު ޓީސީއެކް ޕްލެކްސް ރާއްޖޭގެ ބާޒަރަށްވެސް ނެރެފައިވާއިރު މި ބްރޭންޑަކީވެސް ދިވެހިންގެ އަތަށް ފަސޭހަ ކަމުދާ ބްރޭންޑެކެވެ.

ރާއްޖެގެ ބާޒާރަށް ޓީސީއެލް ޕްލެކްސް ނެރެފައިވާއިރު ފޯނު ގަތުމުގެ ކުރިން ފޯނުގެ ފީޗާރސްތައް ވެސް ބަލާލުން މުހިއްމެވެ.

ކޮންމެ މީހަކީވެސް އެމީހެއްގެ ފޮޓޯ ނެގުމުގެ ހުނަރު އިންސްޓަރގްރާމުން ދައްކަމުން ދާ ބަޔަކަށް ވާއިރު އެފަދަ މީހުންނަށް މި ފޯނަކީ ކަމުދާނެ ފޯނެކެވެ. ޖުމްލަ 4 ކެމެރާ އިންނަ މި ފޯނުގެ ފްރަންޓްގައި 1 ކެމެރާ ފަހަތުގައި 3 ކެމެރާ އިދެއެެވެ.

ޑިސްޕްލޭގައި 6.53 އިންޗި އިންނަ މި ފޯނުގެ ޕްރަންޓް ކެމެރާގައި 24 އެމްޕީ އިންނަ އިރު ފަހަތުގައި ހުރި ކެމެރާތުގައި 48 އެމްޕީ، 16 އެމްޕީ އަދި 2 އެމްޕީ އިނދެއެވެ.

ރެމްފައި 6 ޖީބި އިންނަ އިރު 128 ޖީީބީ އެސްޑީކާޓު ލެއްވޭނެ އެވެ. މި ފޯނުގެ އޯއެސްއަކީ އެންޑްރޮއިންޑް 9 ޕައި އެވެ. އަދި ބެޓެރި ކެޕޭސިޓީއަކީ 3820 އެމްއޭއެޗެވެ. އަދި ފޯނުގައި 3.0 ގެ ފާސްޓް ޗާޖިން ހިމެނެއެވެ.

ފޯނު އަންލޮކް ކުރުމަށް ފިންގާގެ އިތުރުން ފޭސް އަންލޮކްވެސް ކުރެވެއެވެ. ފޯނު ލިބެން ހުންނާނީ އޯޕަލް ވައިޓް އަދި އޮބްސިޑިއަން ބްލެކް މި ދެކުލައިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355