twitterviber whatsapp telegramfacebookyoutube instagram
19th April 2024

ދުޅަހެޔޮ ސިއްހަތަކަށް ކާންވީ ޕީނަޓު ބަޓަރ

Jan 5, 2020

ފަސޭހައިން އަތް ފޯރާ އަގެއްގައި ލިބުން ހުންނަ ޕީނަޓު ބަޓަރ އަކީ އޭގައި ތިމާގެ ސިއްހަތައް އަދި ސިކުނޑީގެ ދުޅަހެޔޮކަން އިތުރު ކުރުމަށް ކެއުމުގައި ހިމެނުން ރަނގަޅު ކާނާއެކެވެ.

ގިނަ ޑައެޓް ޕްލޭންތަކުގައިވެސް ޕީނަޓު ބަޓަރ ހިމެނޭއިރު މިއީ މިހާރު ދިވެހިންގެ ސުފުރާ މައްޗަށް އާންމު ވަމުން އަންނަ ބާވަތެކެވެ. މީރުވުމުގެ އިތުރުން މިއިން ގިނަ ގުނަ ފައިދާވެސް ލިއްބައިދެއެވެ.

އުރަމަތީ ކެންސަރުން ދުރުކޮށްދޭ

ޕީނަޓުގައި ހިމެނޭ ޕްރިޓީން އަދި ނެޗުރަލް ފެޓްސް ގެ ސަބަބުން އުރަމަތި ކެންސަރު އަދި އުރަމަތީގެ އެކި ބަލިތަކުން ދުރުކޮށްދެއެވެ. މިކަން ވަނީ ބްރީސްޓް ކެންސަރ ރިސާޗް ފައުންޑޭސަން އަދި ޔޫއެސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން ހެދި ދިރާސާއަކުން ސާބިތުވެފައެވެ.

ބަރުދަން ލުއިކުރުމަށް ބާރެއް

ޕީނަޓު ބަޓާރގައި ހިމެނޭ ޕްރޮޓިން، ފައިބާ އަދި ނިއުޓްރިޝަންގެ ސަބަބުން ޑައެޓް ޕްލޭންގައި ހިމަނައިގެން ގަވައިދުން ބޭނުން ކުރާނަމަ މިއީ ބަރުދަން ލުއި ކުރުމަށް މުހިއްމު ދައުރެއް އަދާކުރެއެވެ. ފާހަގަ ކޮށްލެވޭކަމަކީ ޕީނަޓު ބަޓަރ ބޭނުން ކުރުމަކުން ލޭގައި ހަކުރު ހިމެނޭ މިންވަރު ވަކި އިތުރު ނުވާކަމެވެ. އެހެން ކަމުން ކޮންމެ ދުވަހަކުވެސް ދުވަލު ދެ އިރު ދެ ސަމުސަލެއްހާ ޕީނަޓު ބަޓަރ ކެއުމުގައި ހިމަނާށެވެ.

ކަސްރަތަށް ފަހު މަސްގަނޑަށް ލިބޭ ގެއްލުން ރަނގަޅުކޮށްދޭ

ބަރުދަން ލުއި ކުރުމަށް ޕީނަޓު ބަޓަރ ކެއުމުން ފައިދާ ކުރާއިރު ބަރުދަން ލުއިކުރުމަށް ކުރާ ކަސްރަތުތަކުން މަސްގަނޑަށް ލިބޭ ގެއްލުންތަކުން އަރައިގަތުމަށްވެސް ޕީނަޓު ބަޓަރއަކީ މުހިއްމު އެއްޗެކެޗެ. ސަބަބަކީ މީގައި ހިމެނޭ ކާރބްސް ގެ ސަބަބުން އަނެއް ދުވަހުގެ ކަސްރަތު ސެޝަނަށް މިހާ ވަރު ޖައްސައިދެއެވެ. އަދި ޕީނަޓު ބަޓަރގައި ހިމެނޭ ޕްޓެންޝިއަމުން މަސްތަކުގެ ދުޅަހެޔޮކަން އިތުރު ކޮށްދެއެވެ.

ހަނދާން ގަދަކޮށްދޭ

ޕީނަޓު ބަޓަރގައި ވިޓަމިން އީ، ޒިންކް، މެގްނީޝިއަމް އަދި ނައިސިން ގެ ސަބަބުން ސިކުނޑީގެ ހަރަކާތްތައް އިތުރުކޮށްދީ ހަނދާން ގަދަކޮށްދެއެވެ. އަދި ދިރާސާތަކުން ދައްކާގޮތުގައި މިއީ ސިކުނޑީގެ ބައްޔެއްކަމަށްވާ އަލްޒައިމަސްގެ މައްސަލަ ހުންނަ މީހުންނަށް ރަަނގަޅު ފަރުވާއެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355