twitterviber whatsapp telegramfacebookyoutube instagram
20th April 2024

އުމުރާނީ ތަރައްގީގެ ދާއިރާއިން ޗައިނާ އާއި ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ނަބީލާ އިސްމާޢީލް
Jan 7, 2020

ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ޖަންގް ލީ ޖޮންގްއާ ޗައިނާގެ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ)ގެ އޮފިޝަލުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުއާ ބައްދަލު ކުރައްވައި އުމުރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި އެވެ.

މި ބައްދަލުކުރެއްވުން ބާއްވަވާފައި ވަނީ އާދިއްތަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި މައިގަނޑުގޮތެއްގައި މަޝްވަރާކުރެވިފައި ވަނީ ރާއްޖެއާ ޗައިނާއާ ދެމެދު ގުޅުންބަދަހިކުރެވިދާނެ މައިގަނޑު ދާއިރާތަކާ ގުޅޭގޮތުން ކަމުގައި ރައީސް އޮފީހުން ވިދާޅުވެއެެވެ.

އެގޮތުން އުމުރާނީ ތަރައްގީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަމުގައިވެސް ރައީސް އޮފީހުން ވިދާޅުވެފައި ވެއެވެ.

ހާރިޖީ ވަޒީރު އަބުދުﷲ ޝާހިދާއި މިނިސްޓަރ އޮފް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވެސް ބައިވެރިވެ ވަޑައިގެންނެވި މި ބައްދަލުކުރެއްވުމުގައި އޮލިމްޕިކްސް ކުޅިވަރުތައް ބޭއްވޭ ފެންވަރަށް ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސްޓޭޑިއަމްގެ ކުރެހުން ރައީސުލްޖުމްހޫރިއްޔާ އާއި ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ޗައިނާއާ ރާއްޖެއާ ދެމެދު އޮންނަ ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއްކަމުގައި ވިދާޅުވި އަދި ޗައިނާއިން ރާއްޖެއަށް ދޭ އެހީތެރިކަމާއި އުމުރާނީ ތަރައްގީއަށް ދޭ އެހީތެރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ހުޅުމާލޭގައި ބިނާކުރެވޭ އައު ސްޓޭޑިއަމަކީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ރާއްޖޭގައި 2023 ވަނަ އަހަރު ބޭއްވުމުގެ ގޮތުން ކުރެވެމުން އަންނަ މަސައްކަތެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355