twitterviber whatsapp telegramfacebookyoutube instagram
3rd May 2024

ދޯނި ފަރަށް އެރިއިރު ކައްޕި ހުރި، ސުވާލުތަކެއް!

ނަބީލާ އިސްމާޢީލް
Jan 7, 2020
1

މީގެ ދެ ދުވަސް ކުރިން މާލެ އަތޮޅު ކަގި ފަރަށް އެރި ދޯންޏެއްގެ ކެޕްޓަން ގެއްލިގެން ހޯދަމުން އަންނައިރު އެ ދޯނި ފަރަށް އަރާފައި އޮތް އިރު ކެޕްޓަން ފެންނަ ފޮޓޯތަކެއް މީސް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.

ދެ ފޮޓޯ އާއި ވީޑިއޯއެއްވެސް ދައުރުވަމުން އަންނައިރު އެއް ފޮޓޯއިން ފެންނަނީ ދޯނީގެ ގެގަނޑު ކުރިމަތީގައި ކައްޕި ހުއްޓިލައިގެން ހުރި މަންޒަރެވެ. އަނެއް ފޮޓޯއިން ފެންނަނީ ގެގަނޑުގެ އެއް ފަރާތުން ތިރީގައި ހުއްޓިލައިގެން ހުރި މަންޒަރެވެ.

ގެއްލިގެން ހޯދަމުން ދަނީ ހދ. ކުޅުދުއްފުށީ ހަވީރީނާޒް އުމުރުން 37 އަހަރުގެ މުހައްމަދު ޔޫސުފެވެ. އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ އިއްޔެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި އެކަން ރިޕޯޓްކޮށްގެން އެ ސަރަހައްދަށް ދިޔައިރު ދޯނި އޮތީ ފަރަށް އަރާފައި ކަމަށާއި ފަރަށް އެރީ އެއް ދުވަސް ކުރިން ކަމަށް ދޯނީގައި ތިބި ބިދޭސީ ދެމީހުން އެމްއެންޑީއެފަށް މައުލޫމާތުދިން ކަމަށް އިއްޔެ ބުނެފައިވެއެވެ.

މުހައްމަދު ޔޫސުފް ހޯދަން ކުރަމުން އަންނަ މަސައްކަތް އަދި ކާމިޔާބުވެފަ ނުވާއިރު އެ ސަރަހައްދު މޫދު އަޑިން ސޯޓަކާއި މާސްކެއް ފެނުނު ކަމަށް އެމްއެންޑީއެފުން އިއްޔެ ބުނެފައިވެއެވެ.

ކައްޕި ގެއްލުނު ހާދިސާއާއިމެދު މިހާރު ސުވާލުތަކެއް އުފެދިފައިވާއިރު މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް އޭގައި ތިބި ދެ ބިދޭސީން އަދި ހައްޔަރުކޮށްފައެއް ނުވެއެވެ.

އިއްޔެ އެމްއެންޑީއެފުން ބުނެފައިވާނީ ޑިންގީ އާއި ލޯންޗު ޖެހި ހިނގި އެކްސިޑެންޓްގައި ގެއްލުނު ނަސްރުﷲ އަބްދުﷲ އާއި ފަރަށް އެރި ދޯނިން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ އެންމެހާ ވަސީލަތްތަކެއް ބޭނުންކޮށްގެން ކުރަމުންއަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355