twitterviber whatsapp telegramfacebookyoutube instagram
19th April 2024

އަންހެނުންނަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ފުޓްސަލް މުބާރާތެއް، ޗެމްޕިއަން ޓީމަށް ދިހަހާސް!

ނަބީލާ އިސްމާޢީލް
Jan 8, 2020

ސިބްކޯ ކަނބުލޯ ވުމެންސް ފުޓްސަލް ޗެލެންޖްގެ ނަމުގައި ކުޅުދުއްފުށީގައި ފުޓްސަލް މުބާރާތެއް ބާއްވަން އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މި މުބާރާތް އިންތިޒާމުކުރާ ފަރާތުން ކޭއޯއަށް މައުލޫމާތު ދެމުން ބުނީ ހުރިހާ އުމުރަކަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މި މުބާރާތުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ސޭމް ސްޕޯޓްސްއިން މިހާރު ލިބެން ހުންނާނެ ކަމަށެވެ.

އަދި ފޯމް މި މަހު 25 ވަނަ ދުވަހުގެ ކުރިން ހުށައަޅަން ޖެހޭނީ ވެސް ހަމަ އެ ފިހާރައަށް ކަމަށާއި ރަޖިސްޓްރީ ފޯމާއެކު ރަޖިސްޓްރޭޝަން ފީ އެއްގެ ގޮތުގައި 1000 ރުފިޔާ ހުށައަޅަން ޖެހެ އެވެ.

މި މުބާރާތަކީ ކުޅުދުއްފުށީގައި ކުޅިވަރު ކުރިއެރުވުމަށް އިސްދައުރެއް އަދާކުރަމުން އަންނަ ހަސަން އަލީ (ބައްޑެ) އިންތިޒާމުކޮށްގެން، ހިރަފުސް ޓީމުން ހިންގާ މުބާރާތެކެވެ. މުބާރާތުގެ މެއިން ސްޕޮންސަރ ސިބްކޯ ޕުރައިވެޓް ލިމިޓެޑެވެ.

ޗެމްޕިއަން ޓީމަށް 10000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 5000 ރުފިޔާ ހުށައެޅިފައިވާ މި މުބާރާތް ކުރިއަށް ދާނީ ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ޓާފް ދަނޑުގައި އަންނަ ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

އިންތިޒާމު ކުރާ ފަރާތުން ބުނީ މިއީ އަންހެނުން ކުޅިވަރުގެ މައިދާނަށް ނިކުތުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށް ދިނުމުގެ މަގުސަދުގައި ކުޅުދުއްފުށީގެ އަންހެނުންނަށް އަދި ކުޅުދުއްފުށީގައި ދިރިއުޅޭ އަންނެހުންނަށް ބައިވެރިވެވޭ ގޮތަށް ހުޅުވާލެވިފައިވާ މުބާރާތެއް ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355