twitterviber whatsapp telegramfacebookyoutube instagram
21st September 2026

އަހަރު ނިމިގެން ދިޔައީ މަސްވެރިންގެ އުންމީދުގައި ހަގީގީ އެއްވެސް ކުލައެއް ނުޖެހި: ޝިފާއު

ނަބީލާ އިސްމާޢީލް
Jan 7, 2020
1

ނިމި ދިޔަ 2019 ވަނަ އަހަރު ދިވެހި މަސްވެރިން ނިންމާލީ އުންމީދުގައި އެއްވެސް ކުލައެއް ނުޖެހި ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މެމްބަރު ޝިފާއު ކުރެއްވި ޓުވީޓެއްގައި ވަނީ 2019 ވަނަ އަހަރު ދިވެހި މަސްވެރިން ނިންމާލީ އިންތިޒާރާ އުންމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި ކަމަށާއި މަސްވެރިންނާ އޮޑިވެރިންގެ އާމްދަނީ ދަށްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް ކަމަށެވެ. އަދި މަސްވެރިކަމުގެ ސިނާއަތަށް އަވަސް ހައްލެއްބޭނުންވާ ކަމަށްވެސް ޝިފާއުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.

"2019 ވަނަ އަހަރު ދިވެހި މަސްވެރިން ނިންމާލީ އިންތިޒާރާ އުންމީދުގައި ތިބެ ހަގީގީ އެއްވެސް ކުލައެއް ނުޖެހި. މަސްވެރިންނާ އޮޑިވެރިން އާމްދަނީ ދަށްވެ ބިކަވަމުންދާ މަންޒަރަކީ ހިތްދަތި މަންޒަރެއް." ޝިފާއު ވިދާޅުވި އެވެ.

ސިފާއު ނިސްބަތްވާ އިހަވަންދޫ ދާއިރާ، އަދި ވަކިން ހާއްސަކޮށް އިހަވަންދޫއަކީ އުތުރުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރަމުންދާ ރަށެކެވެ. މަސްވެރިކަން ކުރާ ޒަމާނީ އުޅަނދު ފަހަރާއި މަސްވެރިން ގިނަ ދާއިރާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293