twitterviber whatsapp telegramfacebookyoutube instagram
25th April 2024

ހދ އަތޮޅު ކައުންސިލްގެ ރައީސް ހޮވުމަށް ކުޅުދުއްފުށިން ވޯޓް ދޭންޖެހޭ

ޚަދީޖާ އާދަމް
Jan 8, 2020
2

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ކުޅުދުއްފުށި ސިޓީގެ މީހުން ވެސް ވޯޓު ދޭން ޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެސް ހިމެނޭނީ އެ އަތޮޅުގެ އިދާރީ ދާއިރާތަކުގެ ތެރޭގައި ކަމަށާއި އެ ސިޓީގެ މީހުން ވެސް އަތޮޅު ކައުންސިލްގެ ރައީސް އިންތިހާބު ކުރަން ވޯޓު ދޭން ޖެހޭނެ ކަމަށެވެ. އަދި އެ ސިޓީގެ މޭޔަރަކީ އަތޮޅު ކައުންސިލްގެ މެންބަރެއް ކަމަށް ވެސް އަކުރަމް ވިދާޅުވި އެވެ.

މީގެ އިތުރުން އަކްރަމް ފާހަގަ ކުރެއްވީ މަޖިލީހުން އެންމެ ފަހުން ފާސްކުރި ލާމަރުކަޒީ ގާނޫނުގައި މިހާރު އަތޮޅު ކައުންސިލް އެކުލެވިގެންވާ ގޮތް ބަޔާން ކުރާ މާއްދާއެއް ކަމަށާއި އެ މާއްދާގައިވާ ގޮތުން އަތޮޅު ކައުންސިލް އެކުވެލިގެން ވަނީ މުޅި އަތޮޅުގެ ރައްޔިތުން އިންތިހާބު ކުރާ ކައުންސިލްގެ ރައީސްއަކާއި، އަތޮޅުގައި ހިމެނޭ ކޮންމެ ރަށު ކައުންސިލެއްގެ ރައީސް އަދި އަތޮޅުގައި ސިޓީއެއް ހިމެނޭ ނަމަ އެ ސިޓީއެއްގެ މޭޔަރެއްގެ މައްޗަށެވެ.

ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމެވީ މި ފެށުނު 2020 ވަނަ އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.

މީގެ ކުރިން ސިޓީގެ ދަރަޖަ ދީފައިވާ ފުވައްމުލަކަކީ ވަކި އަތޮޅެއްގައި އިން ހަމައެކަނި ރަށެކެވެ. އަދި އައްޑޫއަށް ސިޓީގެ ދަރަޖަ ދިނީ މުޅި އަތޮޅު ހިމެނޭ ގޮތަަށެވެ. އެހެންކަމުން އެ ދެ ސިޓީގައި އަތޮޅު ކަައުންސިލަރެއް އިންތިހާބު ކުރާކަށް ނުޖެހެ އެވެ.

ކުޅުދުއްފުއްޓަކީ އަތޮޅެއްގައި ހިމެނޭ ވަކި ރަށަކަށް ސިޓީއެއްގެ ދަރަޖަ ދިން ފުރަތަމަ ރަށް ކަމަށްވާތީ އެކަމާ ގުޅޭ ގޮތުން ބައެއް އޮޅުންތައް ވަނީ އަރައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355