twitterviber whatsapp telegramfacebookyoutube instagram
22nd May 2025

މިއަހަރުގެ އަމާޒަކީ 10،000 ފަތުރުވެރިން ހަނިފަރު ސަރަހައްދަށް ގެންދިއުން

ޚަދީޖާ އާދަމް
Jan 8, 2020

މިއަހަރުގެ އަމާޒަކީ 10000 ފަތުރުވެރިން ހަނިފަރު ސަރަހައްދަށް ގެންދިއުންކަމަށް ބ އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފިހުން ބުނެފިއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތުދެއްވަމުން ބަޔޯސްފިއަރ ރިޒާވް އޮފީހުގެ އައުޓްރީޗް އޮފިސަރ ޝާފީ ޢަލީ ވިދާޅުވީ މިިދިޔަ އަހަރު 8200 އަށްވުރެ ގިނަ މީހުން މިދިޔަ އަހަރު ހަނިފަރު ސަރަޙައްދަށް ޒިޔާރަތްކޮށްފައިވާއިރު، އޭގެ ތެރެއިން 11 ޕަސެންޓް މީހުންނަކީ ދިވެހިންކަމަށެވެ.

2018 ވަނަ އަހަރު 6000 މީހުން އެސަރަޙައްދަށް ޒިޔާރަތްކުރިއިރު، ނިމުނު 2019 ވަނަ އަހަރު އެސަރަޙައްދަށް ޒިޔާރަތްކުރި މީހުންގެ އަދަދު އުޅެނީ 8200ގައި ކަމަށް ޝާފީ ވިދާޅުވިއެވެ.

އަހަރުގެ އަމާޒަކީ 10000 ފަތުރުވެރިން ހަނިފަރު ސަރަޙައްދަށް ގެނައުންކަމަށާއި އެކަމަށްޓަކައި ޕްލޭންތަކެއް ހަދައިގެން މިހާރުވެސް މަސައްކަތްތަކެއް ކުރަމުންދާކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.

ބަޔޮސްފިޔަ ރިޒާވް އޮފީހުން މަޢުލޫމާތުދޭ ގޮތުގައި އެސަރަޙައްދަކީ ނާޒުކު ތިމާވެއްޓެއް އޮތް ސަރަހައްދަކަށްވާއިރު ވަރަށް ގިނަ ކަންކަމަށް ސަމާލުކަން ދޭންޖެހޭކަމަށާއި ނަމަވެސް ބ.އަތޮޅުން ބޭރު އުޅަނދުފަހަރު އެތަނަށް ވަދެ މަސްބޭނުމާއި، އެންދެމުމާއި، ހުއްދަ ނުހޯދާ އެސަރަހައްދަށް ވަދެ އުޅޭ މައްސަލަތައް ފާހަގަވާކަމަށްވެސް ބަޔޮސްފިޔަ ރިޒާވް އޮފީހުން މައުލޫމާތުދެއެވެ.

ހަނިފަރު ހިމާޔަތްކޮށް ބަލަހައްޓަން ފަށާފައިވަނީ 2011 ވަނަ އަހަރުން ފެށިގެންނެވެ. އަދި ގަވާއިދެއްގެ ދަށުން އެތަން ބެލެހެއްޓުމުގެ މަސައްކަތް ފަށާފައިވަނީ 2012 އަހަރުއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355