twitterviber whatsapp telegramfacebookyoutube instagram
15th June 2026

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައިފި

ޚަދީޖާ އާދަމް
Jan 11, 2020
2

ކުޅުދުއްފުށި ސިޓީގެ އިންތިހާބީ ހަ ދާއިރާ ކަނޑައަޅައި، އަންހެން މެމްބަރުން އިންތިހާބު ކުރާނެ ދެ ދާއިރާ ހޮވައިފި އެވެ.

ކުޅުދުއްފުށީގެ ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ރޭ ހދ އޭއީސީގައި ބޭއްވި ރަސްމިޔާތުގައި ކަނޑައެޅި ކުޅުދުއްފުށީގެ ހަ ދާއިރާ ތަކަކީ:

- ކުޅުދުއްފުށި އުތުރު ދާއިރާ (އާބާދީ އަކީ 1678 މީހުން)

- ކުޅުދުއްފުށި ހުޅަނގު އުތުރު ދާއިރާ (އާބާދީ އަކީ 1665 މީހުން)

- ކުޅުދުއްފުށި މެދު އުތުރު ދާއިރާ (އާބާދީ އަކީ 1752 މީހުން)

- ކުޅުދުއްފުށި މެދު ދެކުނު ދާއިރާ (އާބާދީ އަކީ 1732 މީހުން)

- ކުޅުދުއްފުށި ހުޅަނގު ދެކުނު ދާއިރާ (އާބާދީ އަކީ 1736 މީހުން)

- ކުޅުދުއްފުށި އިރު ދެކުުނު ދާއިރާ (އާބާދީ އަކީ 1647)

އެގޮތުން އަންހެން މެމްބަރުން ހޮވާ ދެ ދާއިރާގެ ގޮތުގައި ހޮވުނީ ކުޅުދުއްފުށި މެދު އުތުރު ދާއިރާ އާއި ކުޅުދުއްފުށި މެދު ދެކުނު ދާއިރާ އެވެ.

ގާނޫނުގައިވާ ގޮތުން އާބާދީގައި 10،000 މީހުން އުޅޭނަމަ އެރަށަކަށް ސިޓީއެއްގެ ދަރަޖަ ދެވޭނެ އެވެ. ކުޅުދުއްފުށީގެ އާބާދީ 10،000 އަށް 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތެރޭއަރާފައިވާ އިރު މިހާރު ކުޅުދުއްފުށީގެ ޖުމްލަ އާބާދީއަކީ 10،210 އެވެ.

ޖެނުއަރީ އެކަކުން ފެށިގެން އެއީ ސިޓީއެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައެޅުއްވީ މިދިޔަ ޑިސެމްބަރު 31 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355