twitterviber whatsapp telegramfacebookyoutube instagram
14th August 2020

ސެގްވޭ "އެސް-ޕޮޓް ވީލްޗެއަރ" މުހިއްމު އާ އުފެއްދުމެއް

ޚަދީޖާ އާދަމް
Jan 11, 2020

ސެގްވޭ އިންކްއިން އަލަށް އުފެއްދި ހާއްސަ އިލެކްޓްރޯނިކް ވީލްޗެއާރ ގެ ޕްރޮޓޯޓައިޕެއް ވަނީ މިނިގެން މިދިޔަ ދަ ގްލޯބަލް ސްޓޭޖް ފޯރ އިނޮވޭޝަން – ސީއީއެސް 2020 ގެ ޓެކް ޝޯގައި ދައްކާލާފަ އެވެ.

މިއީ ގަޑިއަކު 38 ކިލޯ މީޓަރުގެ ބާރު މިނުގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ ގޮނޑިއެކެވެ.

2021 ވަނަ އަހަރު ބާޒާރައް ނެރުމަށް ހަމަޖެހިފައިވާ މި ވީލްޗެއާރ ޓެކް ޝޯ ތެރޭގައިވަނީ ޓެސްޓްވެސް ކޮށްފައެވެ. ޓެސްޓުކުރުމުގެ ތެރޭގައި ފާރުގައިޖެހި އެކްސިޑެންޓެއްވެސް ހިނގާފައިވާއިރު މި ޕްރޮޓޯޓައިޕަށް ލިބުނު ގެއްލުން ސެގްވޭއިން އަދި ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެކްސިޑެންޓުގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެއެެވެ.

މި ގޮނޑީގެ ޑިޒައިނަކީ ޖްރެސިކް ވޯލްޑުން ފެނުނު ޖިއޮސްފެއަރ އިން އިންސްޕަޔާ ވެގެން ނަގާފައިވާ ޑިޒައިނެކެވެ. މި ޑިޒައިނަށް ވަނި ގިނަބައެއްގެ ސަމާލުކަން ލިބިފައެވެ. މި ވީލްޗެއާރއަށް ދީފައިވާ ނަމަކީ "އެސް-ޕޮޑް" އެވެ.

ސެގްވޭއިން އުފައްދާ އިލެކްޓްރޯނިކް ސްކޫޓާއަކިވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ އުފެއްދުމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355