twitterviber whatsapp telegramfacebookyoutube instagram
8th September 2024

ދިރާސީ އާ އަހަރުގެ ކިޔެވުން ފަށައިފި، ކުޅުދުއްފުށީ ސްކޫލުތަކުގައި 2812 ދަރިވަރުން!

ޚަދީޖާ އާދަމް
Jan 12, 2020

މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފެށުނުއިރު ކުޅުދުއްފުށީގެ ސްކޫލުތަކުގެ އާބާދީ ފާއިތުވި އަހަރާ ބަލާއިރު އިތުރުވެއްޖެ އެވެ. މިއަހަރު މިރަށު ސްކޫލުތަކުގައި 2،812 ދަރިވަރުން ތައުލީމް ހާސިލްކުރާނެ އެވެ.

މިދިޔަ 2019 ވަނަ އަހަރު މިރަށު ސްކޫލުތަކުގައި ތައުލީމު ހާސިލުކޮށްފައިވަނީ 2736 ދަރިވަރުންނެވެ.

ކައުންސިލުން ހިންގާ ޕްރީ ސްކޫލެއް ކަމަށްވާ އަމީރު އަމީން ސްކޫލުގައި މިއަހަރު 342 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. މިދިޔަ 2019 ވަނަ އަހަރު އަމީރު އަމީން ސްކޫލުގައި ތައުލީމް ހާސިލުކޮށްފައިވަނީ 322 ދަރިވަރުންނެވެ.

ފައުންޑޭޝަން ގުރޭޑްތަކުން ފެށިގެން ގްރޭޑް 1 ން 10 އަށް ކިޔަވައިދޭ އަފީފުއްދީން ސްކޫލްގައި މިއަހަރު 910 ދަރިވަރުން ތައުލީމް ހާސިލުކުރާނެ އެވެ. އެގޮތުން މި އަހަރު އެންމެ ބޮޑު އާބާދީއާއެކު ދިރާސީ އާ އަހަރު ފަށާފައިވަނީ އަފީފުއްދީން ސްކޫލުންނެވެ. މީގެ އިތުރުން އެ ސްކޫލް މި އަހަރު ކިޔަވައިދޭން ފަށާފައިވަނީ ސިންގަލް ސެޝަން ޕްރޮގްރާމުގެ ދަށުންނެވެ.

ފައުންޑޭޝަން ގުރޭޑުން ފެށިގެން ގުރޭޑް 9 އަކަށް މިއަހަރު ކިޔަވައިދޭ ހދ އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 876 ދަރިވަރުން ތައުލީމު ހާސިލުކުރާނެ އެވެ. މިއީ މިދިޔަ އަހަރު އަތޮޅުތެރޭގައި ހުރި އެންމެ އާބާދީ ބޮޑު ސްކޫލެވެ. މިދިޔަ އަހަރު ޖުމްލަ 1336 ދަރިވަރުން އެ ހދ އޭއީސީގައި ތައުލީމް ހާސިލުކޮށްފައިވެ އެވެ.

އަލަށް ޕްރައިމަރީން ގްރޭޑް ކިޔަވައިދޭން ފެށި ޖަލާލުއްދީން ސްކޫލުގައި މި އަހަރު ޖުމްލަ 684 ދަރިވަރުން ކިޔަވާނެއެވެ. މިދިޔަ އަހަރު މި ސްކޫލްގެ އާބާދީއަކީ 225 ދަރިވަރުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކުގައި މި އަހަރު ކިޔަވާނީ 73،067 ކުދިންނެވެ. އަމިއްލަ ސްކޫލުތަކާ އެކު އެ އަދަދު 83،000 އާ ގާތްކުރެ އެވެ.

ޖުމްލަ 212 ސްކޫލެއްގައި މި އަހަރު ކިޔަވައި ދޭނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355