twitterviber whatsapp telegramfacebookyoutube instagram
20th June 2026

އޮސްޓްރޭލިއާ އަލިފާނުގެ ހާދިސާގައި ތިން މިލިއަނަށް ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދާފައިވޭ

ނަބީލާ އިސްމާޢީލް
Jan 14, 2020

އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުން ސަލާމަތްކުރެވުނު ކޯލާ ބެއަރތައް އަލުން އަނބުރާ ޖަންގަލިތަކަށް ފޮނުވޭނެ ކަމާމެދު ސުވާލު އުފެދިއްޖެ އެވެ.

މިދިޔަ ނޮވެމްބަރު މަހުންފެށިގެން އޮސްޓްރޭލިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާންގަނޑުގެ ސަބަބުން 3 މިލިއަން ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް އަނދާ 480 މިލިއަން ޖަނަވާރު ވަނީ މަރުވެފައެވެ.

ޔުނިވަރސިޓީ އޮފް ސިޑްނީގެ ޕްރޮފެސަރެއް ކަމުގައިވާ ކުރިސް ޑިކްމެން ހާމަކުރެއްވިގޮތުގައި އަލިފާން ގަނޑުން އެންމެ ބޮޑައް ގެއްލުންލިބުނީ ކޯލާ ބެއާތައް އެންމެ ބޮޑަށް އާބާދު ވެފައިވާ ނިއު ސައުތު ވޭލްސްގެ ޖަންގަލިތަކުގަ އެވެ. ސީދާ އަލިފާންގަނޑުގެ ސަބަބުންނާއި ބަނޑަށް ޖެހިގެން ގާތްގަނޑަކަށް 10،000 ކޯލާ ބެއާ މަރުވެފައިވެ އެވެ.

ނިމިދިޔަ ހަފްތާގެ ހުކުރު ދުވަހު ސިޑްނީގެ ރޭޑިއޯ 2 ޖީބީ އަށް އެގައުމުގެ ތިމާވެށީގެ ވަޒީރު ސުސްސަން ލޭ މައުލޫމާތު ދެއްވި ގޮތުގައި ކޯލާތައް ދިރިއުޅޭތަން ބަދަލު ކުރުމަކީ ވަރަށް އުނދަގޫކަމެއް ކަމަށެވެ. އަދި ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ބަނދުކޮށްގެން ގިނަ ދުވަހު ގެންގުޅުމަކީ ކޯލާ ބެއަރ ތަކުގެ ސިއްހަތަށް ނުރަނގަޅު އަސަރު ކުރާނޭ ކަމެކެވެ.

އެހެން ނަމަވެސް އޮސްޓްރޭލިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޖަންގަލިތައް ހަމައަކަށް އެޅެންދެން ކޯލާތައް އެމީހުންގެ ބެލުމުގެ ދަށުގައި ބޭތިއްބުމަށް ނިންމާފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355