twitterviber whatsapp telegramfacebookyoutube instagram
27th September 2020

ރާއްޖޭގައި ހިމަބިހި ފެތުރެމުން ދާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފި

ޚަދީޖާ އާދަމް
Jan 13, 2020

ރާއްޖޭގައި ހިމަބިހި ފެތުރެމިންދާކަމަށާއި ހިމަބިހި އެންމެ ފުރަތަމަ ފެނުނު ސަރަހައްދުތަކަށް ހެލްތްގެ ޓީމްތައް ގޮސް ވެކްސިން ދޭން ފަށާނެކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ރާއްޖެއިން ހިމަބިހީގެ ދެ ކޭސް އަކާއި ބައްޔަށް ޝައްކު ކުރެވޭ ކޭސް އެއް ފެނުމަ ގުޅިގެން، ރާއްޖޭގައި ހިމަބިހި ފެތުރޭކަން ހެލްތް މިނިސްޓްރީއިން އިއުލާން ކުރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަަ އެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ އަބްދުﷲ އަމީން ވިދާޅުވީ އެކަމަށް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށާއި އެގޮތުން މިއަދި ހަވީރު 16:00 ގައި ހެލްތް މިނިސްޓްރީގެ ޓީމްތައް ބަލި ފެނުނު ހިސާބުތަކަސް ގޮސް ވެކްސިން ދޭން ފަށާނެކަމަށެެވެ.

މިވަގުތަށް ވެކްސިން ޖަހަން ޖެހޭ ފަރާތްތަކަށްވާ ވަރަށް ވެކްސިން އެބަހުރި ކަމަށާއި ހިމަބިހިން ރައްކާތެރި ވުމަށް އޮތް ގޮތަކީ ވެކްސިން ދިނުން ކަމަށްވެސް މިިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ވެކްސިން ނުޖަހާ ކުއްޖަކު ސުކޫލަށް ފޮނުވައިގެން ނުވާނެ ކަމަށާއި އަދި ވެކްސިން ޖެހުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

ފުރަތަމަ ބައްޔަށް ޕޮޒިޓިވްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ފަރުވާދިނުމަށްފަހު، ކުއްޖާގެ ހާލު ރަނގަޅުވެ، އަދި އޭނާގެ ފަރާތުން ބަލި ފެތުރޭ މުއްދަތު ފާއިތުވެފައިވާތީ އެކުއްޖާ މިހާރު ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ.

ނަމަވެސް އިއްޔެ ހިމަބިހި ޖެހިގެން 17 އަހަރުގެ ފިރިހެން ކުއްޖަކަށް މިހާރު އަންނަނީ އައިޖީއެމްއެޗްގައި ފަރުވާދެމުންނެވެ. އޭގެ އިތުރުން ބައްޔަށް ޝައްކު ކުރެވޭ އިތުރު މީހަކު ވެސް މިހާރު ފެނިފައި ވާއިރު، އޭނާގެ ޓެސްޓުތައް އަންނަނީ ހަދަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355