twitterviber whatsapp telegramfacebookyoutube instagram
8th January 2026

ކާމިޔާބު ފިލްމު "ޓްރެއިން ޓު ބުސަން" ގެ ދެވަނަ ބައި މިއަހަރު

ޚަދީޖާ އާދަމް
Jan 14, 2020

ކާމިޔާބު ކޮރެއަން ފިލްމެއް ކަމަށްވާ ޓްރެއިން ޓު ބުސަންގެ ދެވަނަބައި " ޓްރެއިން ޓު ބުސަން 2: ޕެނިންސިލާ" މި އަހަރު ރިލީޒްކުރާނެ ކަމަށް އެ ފިލްމުގެ ޑައިރެކްޓަރު ބުނެފިއެވެ.

އެ ފިލްމުގެ ޑައިރެކްޓަރ ޔެއޮން ސެންގް ހޯ ވަނީ ފިލްމު ރިލީޒް ކުރާނެ ސީދާ ތާރީހުވެސް އިއުލާން ކޮށްފައެެވެ. އެއީ މި އަހަރުގެ އޮގަސްޓް މަހު 12 ގައެވެ.

ދަތުރު ކުރަމުން ދިޔަ ރޭލަކަށް ޒޮންބީތަކެއް ދޭ ހަމަލާތަކެއް ދީ ހިނގާ ހާދިސާތަކެއް ދައްކައިދޭ މި ފިލްމުގެ ފުރަަތަމަ ފިލްމަށް ބޮކްސް އޮފީހުގައި ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ފިލްމު ވަނީ ކޮރެއަން އެތައް ކާމިޔާބު ފިލްމުތަކެއްގެ ރިކޯޑް މުގުރާލާފައެވެ.

2016 ވަނަ އަހަރު ނެރުނު މި ފިލްމަށް ރިލީޒް ކުރި ދުވަހު ވެސް ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. އަދި މި ފިލްމަކީ ކޮރެއަން ފިލްމެއް ފުރަތަމަ ފަހަރަށް ބޮކް އޮފީހުގައި ދިހަ މިލިއަންގެ ފައިދާއެއް ޖެހުނު ފިލްމުވެސް މެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355