twitterviber whatsapp telegramfacebookyoutube instagram
28th March 2024

ނިދަން އޮވެވޭގޮތުން ބުރަކަށީގެ ރިހުން އިތުރުވޭ

ޚަދީޖާ އާދަމް
Jan 14, 2020

ހަމަ ނިދި ލިބި ހިތްހަމަޖެހުމުގައި އެންމެ ފަހުން ހޭލެވުނީ ކޮންދުވަހަކުން ކަން ހަނދާން އެބަހުރި ހެއްޔެވެ؟ ނޫނީ ބުރަކަށީގެ ރިހުމާއެކު ހޭލަނީ ކިތައް ދުވަހު ހެއްޔެވެ؟ މި ހުރިހާ ކަމަކާއި ގުޅިފައިވަނީ ތިމާ ނިދަން އޮންނަ ގޮތްކަމަށްވެސް ވެދާނެއެވެ.

ނިދާފައި އޮވެވޭގޮތުން ކަދުރާއަށް ތަދުވެ، އަތުގައި، ކަކުލުގައި ނުވަތަ އުނަގަނޑުގައި ރިހުމަކީވެސް އާންމު ކަމެކެވެ.

ބުރަކަށީގައި ރިހޭނަމަ ނުވަަތަ އުނަގަނޑުގައި ރިހޭނަމަ އެއް އަރިއަކަށް ނިދާށެވެ. އެއްއަރިއަކަށް އޮންނަ އިރު ދެ ކަކޫ ދޭތެރެއަށް ބަލީހެއް ލައްވާށެވެ. އަދި އުނަގަނޑު ދަށަށްވެސް ކުޑަ ބާލީހެއް ލައްވާށެވެ. މިހެން ކަންތައް ކުރުމުން ހަށިގަނޑު ސީދާގެ މައިބަދަ ލެބުމުން ދުރުކޮށްދެއެވެ.

އަދި އެއް އަރިއަކަށް ކަކޫ ކުރިމައްޗައް ލައްބާލައިގެން އޮތުމުން ވެސް ބުރަކަށީގެ ރިހުން ދުުރުކޮށްދެއެވެ. އަދި މައިބަދައިގެ ޑިސްކުތަކުގައި މައްސަލަ ޖެހިފައި ތިބޭ މީހުންނަށް ނިދަން ރަނގަޅު ގޮތެެކެވެ.

ގިނަ ބަޔަކަށް ފަސޭހައީ ބަންޑުން ނިދަން އޮތުމެވެ. ނަމަވެސް މިއީ އެކި ގޮތްގޮތުން ތިމާއަށް ގެއްލުންވާ ކަމެކެވެ. މިހެން ނިދުމުގެ ސަބަބުން ކަރަށް ނާރުއަރައި ވާންވެފައި ހުރެއެވެ. އަދި ބުރަކަށީގެ އެކި މައްސަލަ ހުންނަ ފަރާތްތައް މިހެން ނިދުމުން ރިހުން އިތުވެ ހޭލުމަށްފަހުވެސް ރިހުން ނުފިލަ ހުރެއެވެ.

ނިދާއިރު އެންމެ ރަނގަޅު ގޮތަކީ އުއްޑުން ކަކޫދަށް ބާލީހެއް ލައިގެން ދިނުމެވެ. މިހެން އޮތުމުން ނިދީގައިވެސް ނޭވާ ލާން ފަސޭހަވެއެވެ. އަދި ކުޑަ ބަލީހެއް ބުރަކަށި ދަށައް ލައްވާލައިގެން އުއްޑުން ނިދަން އޮތުމަކީ ރިހުމަށް ބޮޑު ލުއެއް ލިބިގެންދާނެ ކަމެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355