twitterviber whatsapp telegramfacebookyoutube instagram
29th March 2024

މިފަހަރު ހުނިރޮއްޓާއި ރިހާކުރުގެ ސިއްހީ ފައިދާ

ޚަދީޖާ އާދަމް
Jan 22, 2020
1

ޑިސްކު ރިހާކުރު ނުވަތަ ރިހާކުރާ ހުނިރޮއްޓަކީ އަދިވެސް އަރަހެމެން ދިވެހިންގެ މެދުގައި ހެނދުނުގެ ސަޔަށް އެންމެ މަގުބޫލު ކެއުމެވެ. މިކަމުގައި މިހާރުގެ ޒުވާނުންނެއް މުސްކުޅިންނެއް އިސްތިސްނާއެއް ނުވާނެއެވެ.

މިއީ އަހަރެމެންގެ އެންމެ ޒަމާންވީ އެެއް ކެއުމެވެ. އަނގަޔަށް އެހާމީރެވެ. ސުވާލަކީ ކެއުން މީރުވީ ވަރަށް މީގައި ސިއްހީ ފައިދާވެސް އެކުލެވިގެން ވޭތޯއެވެ.

ކާށި ހުންޏަކީ ހުނި ރޮށީގެ އެންމެ މުހިއްމު ބާވަތަށް ވާއިރު ކާއްޓަކީ އޭގައި ގިނަ އަދަދަކަށް ފައިބާ އެކުލެވިގެންދާ އެއްޗެކެވެ. އެގޮތުން ޖޯޑެއްގެ ކާށި ހުނީގައި 3 ގްރަމް ޕްރޮޓީން، 10 ގްރާމް ކާރބްސް އަދި 7 ގްރާމް ފައިބާ ހިމެނެއެވެ.

އަދި 60 އިންސައްތަ މެންގަނީސްއާއި ސެލެނިއުމް ހިމެނެއެވެ. އެހެންކަމުން މިއީ ހިތުގެ ބަލިތައް ރަނގަޅު އެއްޗެކެވެ.

މީގެ އިތުރުން 44 ޕަސެންޓް ކޮޕާ، 13 ޕަސެންޓް ޕްރޮސްފަަރަސް، 6 ޕަސެންޓް އަޔަން އަދި 10 ޕަސެންތް ޒިންކް ކާށިހުނި ޖޯޑެއްގައި ހިމެނޭއިރު މެޓަބޮލިޒަމަށާއި ބަރުދަން ލުއިކޮށް އަދި މިއީ ކައްޓަށް ވެސް ރަނގަޅު އެއްޗެކެވެ.

މީގެ އިތުރުން ލޭގައި ހަކުރު ހިނގާ މިންވަރު ދަށްކޮށްދީ، ދިފާއީ ނިޒާމް ވަރުގަދަކޮށް ސިކުނޑީގެ މަސައްކަތްތަކަށް ވެސް މިއިން ފައިދާ ކުރެއެވެ.

ނަމަވެސް މާގިނައިން ހުނި ބޭނުން ކުރުމުން ކެލޮރީސް މަތިވުމެ ބަނޑުގައި ރިއްސުން ފަދަ ކަންކަން ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

މީގެ އިތުރުން ދެން ބޭނުން ކުރަނީ ފުށެވެ. ފުށުގައިވެސް ގިނަ އަދަދަކަށް ސެލެނިއުމް، ކޮޕާ، ޕްރޮސްފަރަސް، އަޔަން އަދި ޒިންކު ހިމެނެއެވެ.

ރިހާކުރު އަހަރެމެންނަށް ކަމުދަނީ ތެލުލައިގެން ކުޅިކޮށްލައިގެންނެވެ. ގަރުދިޔަ ކައްކާ އޮލަކޮށްގެން ހަދާ ރިހާކުރުގައި ޕްރޮޓީން ހިމެނޭއިރު މީގައި ހަށިގަނޑަށް ފައިދާ ކުރާ ތެޔޮވެސް ހިމެނެއެވެ.

މީގެ އިތުރުން ތެލުލާއިރު ރިހާކުރުގެ އިތުރަށް އެއަށް އެއްކުރާ ތަކެއްޗަކީވެސް ހަށިގަނޑަށް ފައިދާ ކުރާތަކެތިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މައިގަނޑު ގޮތެއްގައި ބޭނުން ކުރަނީ ފިޔާ، ލޮނުމެދު، ހިކަނދިފަތް އަދި ކުޅި ކުރުމަށް ހިކި މިރުސް ނުވަތަ އެހެންވެސް ކަހަލައެއްގެ މިރުހެކެވެ.

ފިޔާ ކެއުމަކީ ހިތުގެ ބަލިތަކާއި، ކޮލެސްޓްރޯލް ލެވެލް، ލޭގަނޑުވުން ފަދަކަންކަމުން ދުރުކޮށްދިނުމަށް އެހީވެދޭ އެއްޗަކަށް ވާއިރު ލޮނުމެދަކީ ވިޓަމިން ބީސިކްސް، ވިޓަމިން ސީ އަދި ކެލްޝިއަމްވެސް ހިމެނޭ އެއްޗެކެވެ. އަދި މިއީ ރޯގާ ފަދަ ބަލިތަކުން ދުރުކޮށްދިނުމަށްވެށް އެހީވެދޭ އެއްޗެކެވެ.

ނަމަވެސް ރިހާކުރަކީ ލޮނުރަހަ ގަދަ އެއްޗަކަށް ވުމުން ލޭ މައްޗަށް ދާ ފަރާތްތަކުން އެކުމުގައި ގިނައިން ބޭނުން ކުރުން ރަނގަޅެއްނޫނެވެ. އަދި ލޮނު ގިނައިން ބޭނުން ކުރުމުން ހަށިގަނޑުގައި ފެންމަދުވެއެވެ. ފެން މަދުވުމުގެ ސަބަބުން ކިޑްނީ މައްސަލަތަކާއި ހިތުގެ މައްސަލަ ދިމާވުން އެކަށީގެން ވެއެވެ.

އެހެން ކަމުން ނާސްތާގައި ރިހާކުރު ބޭނުން ކުރާނަމަ އެދުވަހު ގިނައިން ފެން ބުއިން ކުރުން މުހިއްމެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355