twitterviber whatsapp telegramfacebookyoutube instagram
18th September 2025

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނަން: ރައީސް

އަބްދުލް ވާހިދު ޙަސަން
Jan 15, 2020
1

ހދ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ "ތިލަދުންމަތީގެ އިރުވައި ކޮންފަރެންސް" ގައި ވާހަކަދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާ އިބުރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ތިލަދުންމަތީގައި ފުރަތަމަ ކުރަން އޮތް ކަމަކީ ހަނިމާދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރުން ކަމަށެވެ.

އެހެންކަމުން އެ އެއާޕޯޓް ތަރައްގީކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމުގެ ގޮތުން އާ ޕަސެންޖަރ ޓާމިނަލަކާއި އާ ކޮންޓްރޯލް ޓަވަރެއް ހެދިގެންދާނެ އެވެ. އަދި މީގެ އިތުރުން ރަންވޭ ވެސް ދިގު ކުރުމަށް ހަމަޖެހިފައިވެ އެވެ.

"އެކަމަށް (ހަނިމާދޫ އެއާޕޯޓް) ފައިނޭންސްވެސް އެއްގޮތެއް ނެތިއްޔާ އަނެއް ގޮތަކުން މިހާރު އެއޮތީ ކަށަވަރުކޮށްފަ އިނގޭ ތޯ. އެހެންވީމަ އެއީ ބަޖެޓަށް މާބޮޑު އަސަރެއް ނުކޮށް ކުރެވޭ ގޮތަށް އަޅުގަނޑުމެން ރާވަ އޮތް މަޝްރޫއުއެއް." ކުޅުދުއްފުށީގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަމައެއާއެކު ދަތުރު ފަތުރު ނިޒާމުން ތަރައްގީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ޕްލޭނިންގ މިނިސްޓްރީން ފައްޓަވާނެކަމަށާއި އެކަންވެސް ފެށިގެން އަންނަނީ ތިލަދުންމަތިން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355