twitterviber whatsapp telegramfacebookyoutube instagram
6th April 2026

ފުނަދޫ އެއާޕޯޓް އަންނަ މަހު ހުޅުވަނީ

އަބްދުލް ވާހިދު ޙަސަން
Jan 16, 2020

ބޮޑުތިލަދުންމަތީގައި ހުޅުވައި ތިންވަނަ އެއާޕޯޓް، ށ ފުނަދޫ އެއާޕޯޓް އަންނަ މަހުގެ އެއް ވަނަ ދުވަހު ހުޅުވަން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފި އެވެ.

ޓްރާންސްޕޯޓް އެންޑް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޒުހެއިރު "މިހާރު" ނޫހަށް ދިން އިންޓަވިއުގައި ވިދާޅުވީ އެ އެއާޕޯޓް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައްވަމުން އަންނަ ކަމަށާއި އެގޮތުން އަންނަ އާދިއްތަ ދުވަހު އިންސްޕެންޝަންތައް ފަށައި ވަރަށް އަވަހަށް ޓެސްޓް ފްލައިޓް ޖައްސާނެކަމަށެވެ.

އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓް މިދިޔަ އަހަރު ހުޅުވަން މަސައްކަތްކުރި އެވެ. ފަހުން ވަނީ މިމަހުގެ ތެރޭގައި އެއާޕޯޓް ހުޅުވަން ނިންމައިފަ އެވެ. އަދި އިއްޔެ އެ އެއާޕޯޓަށް ޓެސްޓް ފުލައިޓް ޖައްސަން ވެސް ނިންމި އެވެ.

އެއާޕޯޓް ހުޅުވުމާއެކު އެތަނަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް ފަށަން ވަނީ ނިންމައިފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުނަދޫ އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އެއަށްފަހު މި އަހަރުގެ ތެރޭގައި އެ އެއާޕޯޓްތަކަށް އާއްމު ދަތުރުތައް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355