twitterviber whatsapp telegramfacebookyoutube instagram
17th August 2026

ސިވިލް ސާވިސް ޤަވާއިދަށް އިސްލާހު ގެނައުމަށް އާއްމުގެ ހިޔާލު ހުށައެޅުމުގެ ހުޅުވާލައިފި

އިބްރާހިމް ހަމީދު
Jan 17, 2020

ސިވިލްސާރވިސް ޤަވާއިދަށް އިސްލާހު ގެނައުމަށް އާއްމުންގެ ޙިޔާލުހުށައެޅުމުގެ ފުރުސަތު އެކޮމިޝަނުން ހުޅުވާލައިފިއެވެ.

ސިވިލް ސާރވިސް ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދަކީ އާންމު ރައްޔިތުންނާއި، ސަރުކާރުގެ އިދާރާތަކާއި ސިވިލް ސަރވިސް މުވައްޒަފުންގެ ޙައްޤުތަކާއި، މަސްލަހަތުތަކާއި ގުޅުންހުރި ވަރަށް މުހިންމު ޤަވާއިދުތަކެއް ކަމަށެވެ.

ޤަވާއިދަށްގެނެވޭ އިސްލާހުތަކަކީ އެންމެހާ ރައްޔިތުން އަދި ޙާއްސަކޮށް ސިވިލް ސަރވިސްގެ މުއައްޒަފުންގެ ބިނާކުރަނިވި ހިޔާލާއި މަޝްވަރާއާއެކު ގެނެވޭ އިސްލާހުތަކަކަށްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ކޮމިޝަނުން ދެކޭކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެގޮތުން ދިވެހި ސިވިލް ސަރވިސްގެ ޤަވާއިދައް ގެންނަން ފެންނަ އިސްލާހުތަކާ ގުޅޭ ޙިޔާލުތައް ހުށެހެޅުމުގެ ފުރުސަތު އެއް މަސް ދުވަހުގެ މުއްދަތު ވަނީ ހުޅުވާލާފައިވާކަމަށާއި އަދި ގަވައިދަށް ގެންނަންފެންނަ އިސްލާހުތަކާ ގުޅޭ ހިޔާލުތައް އީމެއިލްގެ ޒަރިއްޔާއިންނާއި ނުވަތަ ސިޓީގެ ޒަރިއްޔާއިންވެސް ކޮމިޝަނަށް ހުށައެޅުމުގެ ފުރުސަތުހުޅުވިފައިވާ ކަމަށް އެނޫސްބަޔާންގައި ބުނެފައިވެ އެވެ.

އެނޫސްބަޔާނުގައި ބުނެފައިވަނީ އީމެއިލްގެ ޒަރިއްޔާއިން ހިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކަށް ކޮމިޝަންގެ އީމެއިލް ([email protected]) ފޮނުވޭނެކަމަށެވެ. އަދި މިފުރުސަތުގެ ބޭނުން ހުރިހާ ފަރާތް ތަކަކުން ހިފުމަކީ އެކޮމިޝަންގެ ވަރަށް ބޮޑުއެދުމެއްކަމަށް އެނޫސް ބަޔާނުގައި ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355