twitterviber whatsapp telegramfacebookyoutube instagram
20th May 2024

މަހުގެ އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތަކެއް ފަށަނީ

ނަބީލާ އިސްމާޢީލް
Jan 18, 2020

މަސްވެރިކަމުގެ އުފެއްދުންތައް ތައްޔާރުކުރާނެ ގޮތް ދަސްކޮށްދޭ ތަމްރީން ޕްރޮގްރާމްތަކެއް ފެށުމަށް ފިޝަރީޒް މިނިސްޓްރީން ނިންމައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނިގޮތުގައި މި ޕްރޮގުރާމަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ވިޔަފާރި އުސޫލުން މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމާއިބެހޭ ގޮތުން ކުރިއަށްގެންދާނެ ޕްރޮގުރާމެއްކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ މަގްސަދަކީ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމާއަތްތަކާއި ޖަމިއްޔާތައް މެދުވެރިކޮށް ރަށު ފެންވަރުގައާއި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދަން ދަސްކޮދިނުން ކަމަށާއި މިފަދަ އުފެއްދުންތައް ގަންނަ ފަރާތްތަކާ ހަމައަށް ފޯރުކޮށްދިނުމަށް އެ ފަރާތްތައް އަހުލުވެރިކުރުވުމަކީވެސް ޕްރޮގްރާމްގެ މަގްސަދެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އަންނަމަހުގެ 27 ވަނަ ދުވަހުގެ ކުރިން މިނިސްޓްރީ އަށް އެންގުމަށާއި ކައުންސިލްތަކުން މިކަމަށް ޝައުގުވެރިކަން ފާޅުކުރެވޭނެ ކަމަށް ފިޝަރީޒް މިނިސްޓްރީއިން މައުލޫމާތު ދެއެވެ.

މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިއަރީ އަދި ޕްރެކްޓިކަލް ބައިތައް ހިމެނޭ ގޮތަށެވެ. މަހުގެ ބާވަތްތައް ފެންވަރު ރަނގަޅުކޮށް ރައްކާތެރިކަމާ އެކު ބެލެހެއްޓުމާއި، އެފަދަ ވިޔަފާރިއެއް ހިންގާ ބަލަހައްޓާނެ ގޮތާއި ފައިސާ ބަލަހައްޓާނެ ގޮތާ އަދި މާކެޓް ކުރާނެ ގޮތް މި ތަމްރީން ޕްރޮގްރާމްގެ ޒަރިއްޔާއިން ދަސްކޮށްދޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.

ތަމްރީންނަށް ކުރިމަތިލާ ފަރާތްތަކަށް ބެލުމަށްފަހު މިތަމްރީން ކުރިޔަށް ގެންދާނެ ރަށްތައް ކަނޑައަޅާނެކަމަށާއި މިދިޔަ އަހަރު ވެސް ފިޝަރީޒް މިނިސްޓްރީން އަތޮޅުތަކުގައި މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355