twitterviber whatsapp telegramfacebookyoutube instagram
22nd May 2025

ޖިންސީ ގޯނާގެ މައްސަލަ ހައްލުވާނީ މަރުގެ އަދަބު ތަންފީޒުކޮށްގެން: އުމަރު

Jan 18, 2020
2

ޖިންސީ ގޯނާގެ މައްސަލަތައް ހައްލުވާނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި އުމަރު މިހެން ވިދާޅުވީ ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުއްޖަކަށް އެ ކުއްޖާގެ ތިން ބަފައިން ޖިންސީ ގޯނާ ކުރި މައްސަލާގައި ޝިދާތާ އިސްތިއުފާ ދިނުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

އުމަރު ވިދާޅުވީ މިނިސްޓަރު އިސްތިއުފާ ދީގެން އެ މައްސަލަ ހައްލެއް ނުވާނެ ކަމަށާއި ހައްލަކީ ކުށްކުރި މީހުން ޖަލަށް ލުމެއް ވެސް ނޫން ކަމަށެވެ.

މައްސަލަ ހައްލު ކުރެވޭނީ އިސްލާމީ ޝަރީއަތުގައި ހިފައިގެން ކުށްކުރި މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ކަމަށާއި އަދި އެކަން ކުރަން ޖެހެނީ އެންމެނަށް އިބުރަތަކަށްޓަކައި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

އެޗްއާރްސީއެމް އާއި ދެއަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންގެ އިތުރު މަޖިލީހާއި ޖެންޑާ މިނިސްޓްރީންވެސް އަންނަނީ ބަލަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355