twitterviber whatsapp telegramfacebookyoutube instagram
10th September 2026

ސެމްސަންގް ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން މިމަހު ލޯންޗުކޮށްފި

ނަބީލާ އިސްމާޢީލް
Jan 20, 2020

އެކި ކުންފުނިތަކުން އެންޑްރޮއިޓް ސްމާޓް ފޯނު ބާޒާރަށް ނެރެ ހަލުވިކަން މަތީ މީހުންގެ މަގުބޫލުކަން ހޯދަމުން އަންނަ އެއްޗެކެވެ. އެގޮތުން ސެމްސަންގު ބުރޭޑް ތަކަކީވެސް މީހުންގެ މަގުބޫލުކަން ހޯދާފައިވާ ބާވަތެކެވެ. ސެމްސަންގުގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ގެލެކްސީ އެކްސްކަވާރ ޕުރޯ ވަނީ މިމަހު ލޯންޗް ކޮއްފަ އެވެ.

މިއީ 6.30 އިންޗީގެ ޓަޗް ސްކްރީން އަކާއި 1080 ޕިކްސެލް ބައި 2400 ޕިކްސެލް ޑިސްޕްލޭ އެއް އެކުލެވިގެންވާ ފޯނެކެވެ. އަދި މި ފޯނުގައި 4 ޖީބީ ރެމްގެ އިތުރުން އިންޓާނަލް މެމޮރީގައި 64 ޖީބީ ސްޓޯރޭޖް އެކުލެވިގެން ވެ އެވެ. އެއީ 521ޖީބީ މައިކްރޯ އެސްޑީ ކާޑް އެއްގައި އެކުލެވިގެންވާ މިންވަރެވެ.

ގިނަ މީހުންނަށް ފޯނުން އެންމެ މުހިންމު ވާ އެކަމަކީ ފޯނުގެ ކެމެރާ އެވެ. މި ފޯނަކީ 25 މެގަޕިކްސެލްގެ އިތުރުން 8 މެގަޕިސެލް ޕްރައިމަރީ ކެމެރާއަކާއި 13 މެގަޕިސެލް ފުރަންޓް ސެލްފީ ޝޫޓާ އަކާއި އެކުވާ ފޯނެެކެވެ.

މިހާރުގެ ގިނަ ސްމާޓް ފޯނުތަކާއި ހިލާފަށް މި ފޯނަކީ ބެޓެރި ނެއްޓޭގޮތަށް ތައްޔާރުކޮއްފައިވާ ފޯނެކެވެ. 217 ގުރާމުގެ މި ބެޓެރި އަކީ 4050 އެމްއޭއެޗްގެ ބެޓެރިއެކެވެ. ވައިފައި، ޖީޕީއެސް، އަދި ބުލޫޓޫތްގެ އިތުރުން ފިންގާ ޕުރިންޓް ސެންސަރ ޑިސްޕްލޭ ހިމެނިފައި ވެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293