twitterviber whatsapp telegramfacebookyoutube instagram
17th May 2024

ޕީޕީއެމް ޕްރައިމަރީ ފެބުރުއަރީ 7 ގައި ބާއްވަން ނިންމައިފި

އިބްރާހިމް ހަމީދު
Jan 20, 2020

އޭޕްރީލްމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހުކަމަށް ޕީޕީއެމުން ބުނެފި އެވެ.

ޕީޕީއެމް އޮފީހުގައި އެޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންބުނީ ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބަށް ޕީޕީއެމްޓިކެޓްގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެޕާޓީގެ އެތެރޭގެ އިންތިހާބުގައި ވޯޓްލުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީމަހުގެ ހަތްވަނަ ދުވަހު ކަމަށާއި އަދި ދެވަނަ ބުރަކަށް ދާންޖެހިއްޖެ ނަމަ އެމަހުގެ ނުވަނަ ދުވަހު ބޭއްވޭނެ ކަމަށެވެ.

އިއްޔެއިން ފެށިގެން މިހާރު ވާނީ ކެންޑިޑޭޓުންނަށްވެސް ވޯޓާ ލިސްޓް ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ސަކުވާ ހުށައެޅުމަށް މިޖެނުއަރީ މަހު 22 ވަނަދުވަހުގެ 22:00 ނިޔަލަށް ސަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ އަދި އެސަކުވާތަކަށް އެޓެންޑް ކުރުމަށް ފަހު 26 ޖެނުއަރީގެ ކުރީން ދާއިމީ ލިސްޓް ހުރިހާ ކެންޑިޑޭޓުންނަށް ފޯރުކޮށްދޭނެކަމަށް މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ވަނީ އެޕާޓީން ވަނީ ބުނެފައެވެ.

މިބައްދަލުވުމުގައި ނޫސްވެރިން ކުރެއްވެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޕީޕީއެމް ބުނީ މިފަހަރުގެ އިންތިހާބުގައި އެއްވެސް ޕާޓީއަކާއި އަމިއްލަގޮތުން ނިކުންނަ ކެންޑިޑޭޓަކާއިއެކުވެސް ކޯލީޝަން ނުހައްދަވާނެކަމަށާއި މިފަހަރުގެ އިންތިހާބުގައި ވާދަކުރައްވާނީ ސީދާ ޕީޕީއެމްގެ ޓިކެޓްގައި ޕީޕީއެމްގެ ކެންޑިޑޭޓުން ކަމަށާއި ކެންޑިޑޭޓުން ހޮވުމަށް މިބާއްވާ އެތެރޭގެ އިންތިހާބުގައި ޕީޕީއެމް ދަފްތަރުގައި ހިމެނޭ ހުރިހާ މެމްބަރުންނަށް ވޯޓްލެވޭނެކަމަށެވެ.

އަބަދުވެސް މިޕާޓީއަށް ވަނުމަށް ފޯމްތައް ލިބެމުންދާ ކަން ފާހަގަކުރަމުން ފީޕީއެމް އިން ބުނީ އަދި މިވީ އެއްއަހަރު ދުވަހުގެ ތެރޭގައި މިޕާޓީއަށް ވަނުމަށް ގިނަ އަދަދެއްގެ ފޯމްތައް ލިބިފައިވާ ކަމަށާއި މިހާރުވެސް ޕާޓީ އޮފީހަށް އައިސް ފޯމްފުރާމީހުން ގިނަކަމަށާއި އަދި މީގެއިތުރުން ރަށްރަށަށް މިކުރާ ދަތުރުތަކުގައިވެސް ފޯމްތައް ގިނަ އަދަދަކަށް ލިބެމުންދާ ކަމަށެވެ.

ޕީޕީއެމްގެ ދަފްތަރުން މެމްބަރުން މަދުވާ މައްސަލައިގައި ނޫސްވެރިއަކު ސުވާލުކުރުމުން ޕީޕީއެމުން ބުނީ އެއީ ވަރަށް ކަންބޮޑުވާ މައްސަލެއްކަމަށާއި ޕީޕީއެމްގެ ވަރަށް ގިނަ މެމްބަރުންނަށް މިވަނީ ވީގޮތެއް ނޭނގި އީސީގެ ދަފްތަރުން އުނިކުރެވިފައިވާކަމަށާއި ކޮންމެދުވަހަކުވެސް އެތައްސަތޭކަފޯމެއް އެބަދޭ އެގޮތަށް އޭގެ ސަބަބު ހޯދުމަށްޓަކައި ޕާޓީގެ ފަރާތުން މަސައްކަތް ތަކެއް ކުރަމުންދާކަމަށެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރީންގެ މިބައްދަލުވުމުގައި ޕީޕީއެމްގެ އެންމެހާ މެމްބަރުން ޕާޓީ ދޫކޮށް ނުދިއުމަށާއި އަދި ޕީޕީއެމްގެ އެންމެހާ މެމްބަރުންނާއި ދިވެހިގައުމުދެކެލޯބިވާ ދިވެހިރާއްޖޭގެ ތަރައްގީއަށް ލޯބިކުރާ އެންމެހާ ދިވެހި ރައްޔިތުންނަށް މިފަހަރު މިބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ނަށް ތާއީދުކޮށް އެކެންޑިޑޭޓުން އިންތިހާބުކޮށްދިނުމަށް އެދޭކަމަށް ޕީޕީއެމުން ވަނީ ބުނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355