twitterviber whatsapp telegramfacebookyoutube instagram
27th July 2026

އަކްޝޭ ކުރިއަށް އޮތް ފިލްމަށް ސޮއިކުރީ 120 ކަރޯޑްއަށް

ނަބީލާ އިސްމާޢީލް
Jan 23, 2020

ބޮލީވުޑްގެ އެންމެ އަގުބޮޑު އަދި މިވަގުތު ބޮލީވުޑްގެ ތަރިންގެ ތެރޭގައި ހިމެނޭ އެންމެ މުއްސަނދި އެއް ތަރި އަކްޝޭ ކުމާރު ކުރިއަށް އޮތް ފިލްމަށް ސޮއިކުރީ 120 ކަރޯޑް ރުޕީސް އަށެވެ.

އާނަންދު އެލް ރައީގެ ދެން އޮތް ފިލްމަށް އަކްޝޭ ސޮއިކޮށްފައިވާ އިރު އަކްޝޭއާއި އޭނާގެ ޓީމުން ދެކޭގޮތުގައި އެކްޓަރަކަށް މަދުވެގެން 100 ކަރޮޑް ރުޕީސް އެކްޝަން ފީ އެއްގެ ގޮތުގައި ލިބެން ޖެހޭނެ ކަމަށެވެ.

އަކްޝޭގެ އިތުރުން ސާރާ އަލީ ހާން އަދި ދުސާންގެ މުހިންމު ރޯލެއް ފެނިގެންދާނެ އެ ފިލްމު މި އަހަރުގެ މެދުތެރޭގައި ސިނަމާއަށް އަންނާނެ ކަމަށް ނޫސްތަށް ބުނެ އެވެ.

އަކްސޭގެ އެންމެ ފަހުގެ ފިލްމްތަކުގެ ތެރޭގައި ރާޖް މެހެތާގެ ގުޑް ނިއުސް އިންނެވެ. މި ފިލްމަކީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ހޯދި ފިލްމެކެވެ. މިހާރު އަކްޝޭ ކުރަމުންދަނީ އެންމެ ބޮޑު ހިސްޓޯރިކަލް ފިލްމް ޕްރިތްވީރާޖްގެ ޝޫޓިންގގެ މަސައްކަތެވެ.

އަކްޝޭގެ މި މިދިޔަ އަހަރު ނުކުތް ކާމިޔާބު ފިލްމުތަކުގެ ތެރޭގައި އަނޫރާގް ސިންގގެ ކޭސަރު، ޖަގަން ޝަކްތިގެ މިޝަން މަންގަލް ހިމެނެ އެވެ./

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355