twitterviber whatsapp telegramfacebookyoutube instagram
6th April 2026

ވަޒީފާތަކަށް 5000 މީހުން ތަމްރީންކުރަން ސޮއިކޮށްފި

Jan 22, 2020

މޯލްޑިވްސް ޕޮލިޓެކްނިކާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އެކި ވަޒީފާތަަކަށަށް 5000 މީހުން ތަމްރީން ކުރުމަށް ނިންމައިފި އެވެ.

މިއަދު ހެނދުނު އިކޮނޮމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެމިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ނީޒާ އިމާދާއި ޑެޕިއުޓީ މިނިސްޓަރު އަހުމަދު މުޖާހިދު އެވެ.

އަދި ޕޮލިޓެކްނިކުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕޮލިޓެކްނެކްގެ ސީއީއޯ އަހުމަދު ނާސިރު އާއި އެކެޑެމިކް ޑިރެކްޓަރު ވަދީފާ ހުސައިންނެވެ.

މި އެއްބަސް ވުމުގެ ދަށުން ން ސެޓްފިކެޓް ލެވަލްގެ ކޯސްތަކާއި އެޑްވާންސް ސެޓްފިކެޓްގެ ކޯސްތައް ރާއްޖޭގެ އެކި ސަރަހައްދުގައި ހިންގުމަށް ވަނީ ނިންމައިފި އެވެ. އަދި ހުރިހާ ކޯސްތަކެއްވެސް ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ ހިލެ އެވެ.

އެގޮތުން އއ. އުކުޅަހުގައި ސެޓްފިކެޓް ތްރީއިން ގެސްޓު ހައުސް މެނޭޖްމަންޓް ކޯހަކާއި މ. މުލީގައި އިލެކްޓްރީޝަން ކޯހަކާއި ފުވައްމުލަކު ސިޓީގައި ސެޓްފިކެޓް ތްރީ އިިން ރެފްރިޖިރޭޝަން އެންޑް އެއާ ކޮންޑިޝަނިން އަދި ޅ. ހިންނަވަރުގައި އެޑްވާންސް ސެޓްފިކެޓް އިން ސިވިލް އިންޖިނިއަރިން ކޯހެއް ފެށުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355