twitterviber whatsapp telegramfacebookyoutube instagram
8th November 2025

އަންހެން ކުދިން ހިތާނުކުރަން ހިތްވަރުދޭ މީހުންނާމެދު ފިޔަވަޅު އަޅާނަން: ނަޝީދު

ޚަދީޖާ އާދަމް
Jan 23, 2020
2

އަންހެން ކުދީން ހިތާނުކުރުމަށް ހިތްވަރުދޭ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންހެން ކުދީން ހިތާނުކުރުމޭ ކިޔައިގެން އެ ކުރަނީ ޖިންސީ އަނިޔާ ކަމަށް ވިދާޅުވެ ނަޝީދު މިއަދު ކުރެއްވި ޓްވީޓުގައި ވިދަޅުވީ އަންހެންކުދީން ހިތާނުކުރުމާ ގުޅޭ ގޮތުން، ފަތުވާއެއް ބޭނުމެއް ނުވާ ކަމަށެވެ.

ނަޝީދު މިހެން ވިދާޅުވީ އިސްލާމްދީނުގައި އަންހެނުން ހިތާނުކުރުމާ ގުޅޭގޮތުން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ ރައުޔެއް ހޯދުމަށް އިސްލާމިކް މިނިސްޓްރީން އެދުމާ ގުޅިގެންނެވެ.

އިސްލާމިކް މިނިސްޓްރީން އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގައި އެދިފައިވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އެކަން ސާފުކޮށްދިނުމަށް މިނިސްޓްރީގައި އެދުމުންނެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ދީނީ ގޮތުން ކުރުން ރަނގަޅު ކަމެއް ގޮތުގައި ދެކިގެން ރާއްޖޭގައި ވެސް ފުޅާދާއިރާއެއްގައި އެކަން ކުރަމުންދަނިކޮށް އެކަން ނައްތާލެވުނީ 1970ގެ އަހަރުތަކުގެ ތެރޭގަ އެވެ.

އަންހެންކުދިން ހިތާނުކުރުމަކީ ފުރާނައަށް ނުރައްކާތެރި، އަދި މުޅި އުމުރަށް އެކަމުގެ ނޭދެވޭ އަސަރުތައް ކުރާނެ ކަމެއްކަމަށް ދިރާސާތަކުން ދައްކާތީ، އެކަން ހުއްޓުވުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއާއި ގައުމުތައް ގުޅިގެން ފުޅާދާއިރާއެއްގައި މަސައްކަތްކޮށް، ގިނަ ގައުމުތަކުން ވަނީ އެކަން ނައްތާލައިފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355