twitterviber whatsapp telegramfacebookyoutube instagram
23rd October 2025

ފުނަދޫ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓު ޖައްސަނީ

ޚަދީޖާ އާދަމް
Jan 23, 2020
1

ބޮޑުތިލަދުންމަތީގައި ހުޅުވައި ތިންވަނަ އެއާޕޯޓް، ށ ފުނަދޫ އެއާޕޯޓަށް މާދަމާ ޓެސްޓް ފްލައިޓު ޖެއްސުމަށް ނިންމައިފި އެވެ.

އެމްޓީސީސީން ތަރައްގީކޮށްފައިވާ އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 07:45 ގަ އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ

އަލިފާން ނިއްވާ ޓަވަރު ފިޔަވައި އެހެން ހުރިހާ ތަނެއް އެއާޕޯޓުގައި ނިމިފައިވާއިރު އެއާޕޯޓަށް ޑެއިލީ ޕްލައިޓު ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ އެއްވަނަ ދުވަހު އެވެ.

ފްލައިޓަށް މަރުހަބާ ކިއުމަށް އެރަށު ކައުންސިލުން ވަނީ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ނިންމާފައެވެ. އަދި ރަސްމިއްޔާތުގައި ހާއްސަ ސައެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ފުނަދޫ އެއާޕޯޓުގެ އިތުރުން ހއ. ހޯރަފުށި، ޅ. މަޑިވަރު އަދި ގދ. މާވާރުލު އެއާޕޯޓް މި އަހަރުގެ ތެރޭގައި ހުޅުވާނެ ކަމަށެވެ. އެއަށްފަހު މި އަހަރުގެ ތެރޭގައި އެ އެއާޕޯޓްތަކަށް އާއްމު ދަތުރުތައް ފަށާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355