twitterviber whatsapp telegramfacebookyoutube instagram
7th June 2025
ADVERTISEMENT
ފޮޓޯ: ރައީސް އޮފީސް

އަލްހާފިޡާ މާޒިނާއަށް ރައީސް ސްކޮލަޝިޕް ހަވާލުކޮށް ދެއްވައިފި

ޚަދީޖާ އާދަމް
Jan 23, 2020

2018 ވަނަ އަހަރު ޝަހާދާ ސާނަވިއްޔާ ނިންމައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރު ނ. ލަންދޫ ކިނާރާ އަލްޙާފިޡާ މާޒިނާ އަބްދުއްރަހީމާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް މިއަދު ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕް ހަމަޖެހުނުކަމުގެ ލިޔުމާއި އިނާމު ދެއްވިއިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޒީނާ ހޯދި ކާމިޔާބީގެ އަގު ވަޒަންކުރައްވައި ރައީސް ވަނީ މާޒިނާއަށް ހިތްވަރު ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މަތީ ތައުލީމު ހާސިލުކުރުމުގެ މަރުހަލާގައިވެސް މޮޅު ކާމިޔާބީއެއް ހޯދައި ދިވެހި ގައުމުގެ ތަރައްގީއަށާއި ކުރިއެރުމަށް އިހްލާސްތެރި ހިދުމަތްތަކެއް ކޮށްދެއްވުމަށްވެސް އެދިވަޑައިގެންނެވިއެވެ.

މާޒިނާ އަބްދުއްރަޙީމް މަތީ ތައުލީމު ހާސިލުކުރުމަށް ހަމަޖެހިފައިވަނީ [އުޞޫލުއްދީން]ގެ ރޮނގުން މިސްރުގެ އަލްއަޒްހަރު ޔުނިވަރސިޓީގައެވެ.

މާޒިނާއަކީ 2017 ވަނަ އަހަރު އަރަބިއްޔާ ސްކޫލުން ތައުލީމީ ގޮތުން އެއްވަނަ ދަރިވަރެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ ގިނަ މުބާރާތްތަކުގައި ބައިވެރިވެ ގިނަ ކާމިޔާބީތަކެއް މާޒިނާވަނީ ހޯދާފައެވެ. ޤުރްއާން ހިތުދަސްކޮށް ރައީސުލްޖުމްހޫރިއްޔާގެ މެޑެލްވެސް 2019 ވަނަ އަހަރު މާޒިނާ ވަނީ ހާސިލުކޮށްފައެވެ. މާޒިނާއަކީ އަރަބިއްޔާ ސްކޫލްގެ އިތުރު ހަރަކާތްތަކުގައިވެސް ބައިވެރިވެ ކާމިޔާބީތައް ހޯދާފައިވާ ދަރިވަރެކެވެ.

މާޒިނާއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރިޝިޕް ހަމަޖެހުނު ކަމުގެ ލިޔުން ހަވާލުކުރެއްވުމަށް ބޭއްވެވި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އިތުރުން، މާޒިނާގެ މައިންބަފައިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނަން
ކޮމެންޓް
Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355
mail@kulhudhuffushi.com