twitterviber whatsapp telegramfacebookyoutube instagram
21st September 2026

ދިރާގު ޓީވީއަށް އައްޒަގެ ޝޯތަކެއް!

ނަބީލާ އިސްމާޢީލް
Jan 27, 2020

ރާއްޖޭގެ މަޝްހޫރު ފިލްމީ ތަރި މަރިޔްމް އައްޒަ އާއެކު އާ ޝޯތަކެއް އުފެއްދުމަށް ދިރާގުން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އައްޒައާ ގުޅިގެން ދިރާގު ޓީވީން ގެނެސްދޭ ޕްރޮގްރާމްތައް ވަރަށް އަވަހަށް ވީޑިއޯ އޮން ޑިމާންޑު މެދުވެރިކޮށް ބަލާލެވޭނެ އެވެ. އައްޒަގެ އިތުރުން ރާއްޖޭގެ ފާހަގަކޮށްލެވޭ ހުނަރުވެރިންގެ ޕްރޮގްރާމްތައް ދިރާގު ޓީވީގެ މި ޕްލެޓްފޯމުން ކުރިއަށް އޮތްތާނގައި ފެންނާނެ ކަމަށް ދިރާގުން ބުނެއެވެ.

އައްޒަ ބުނީ ދިރާގުގެ މި ފުރުސަތަކީ އޭނާގެ ކެރިއަރުގައި ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި ދިރާގުން އާ ކޮންޓެންޓުތައް އުފެއްދުމުގައި ދިވެހި ފަންނާނުން ބޭނުންކުރުމަކީ ރާއްޖޭގެ ފަންނީ ދާއިރާ ކުރިއެރުވުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތް ހާމަވެގެންދާ ކަމެއް ކަމަށް އައްޒަ ބުންޏެވެ.

ދިރާގުން ބުނިގޮތުގައި ދިރާގު ޓީވީ މެދުވެރިކޮށް ކުރިމަގުގައި ވެސް ދިވެހި ފަންނާނުންގެ އުފެއްދުންތައް ކުރިއަރުވަން އެ ކުންފުނިން އެއްބާރުލުން ދޭނެ ކަމަށާއި ދިވެހި އުފެއްދުންތަކަށް ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމުގައި މިހާރު ވެސް ހާއްސަ ފުރުސަތުތައް ފަހިކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ ތައާރަފުކުރި އައިޕީޓީވީގެ ހިދުމަތެވެ. ދިރާގު ޓީވީ ތައާރަފް ކުރިތާ މިވީ ދެ އަހަރު ދުވަސް ތެރޭގައި ރާއްޖޭގެ އާބާދީގެ 74 ޕަސެންޓަށް މި ހިދުމަތް ވަނީ ފޯރުކޮށްދީފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293