އޫރިދޫ މޯލްޑިވްސްއަށް މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި އެންމެ ފާހަގަ ކޮށްލެވުނު ޕާޓްނަރުން ތެރޭގައި ކުޅުދުއްފުށި އޮންލައިން ހިމެނިއްޖެ އެވެ.
އޫރިދޫ މޯލްޑިވްސް އިން މިކަން ފާހަގަކޮށްފައި ވަނީ 2020 ވަނަ އަހަރަށް މަރުހަބާ ކިޔުމުގެ ގޮތުންނާއި މިއަހަރު ކުރިއަށް ރޭވިފައިހުރި ބައެއް މުހިއްމު ޕްރޮޖެކްޓްތައް ލޯންޗް ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ރޭ ހޮޓެލް ޖެންގައި ބޭއްވި ހަފްލާގައެވެ. މިހަފްލާފައި އެކުންފުނިންވަނީ ވޭތުވެދިޔަ 15 އަހަރު ތެރޭ އެކުންފުންޏާއެކު އެންމެ ގިނަ ދުވަހު އަދި އެންމެ ގާތްކޮށް މަސައްކަތް ކޮށްފައިވާ 50 ޕާޓްނަރުންގެ މަސައްކަތުގެ އަގު ވަޒަން ކޮށްފައެވެ.
ކުޅުދުއްފުށި އޮންލައިންގެ މަސައްކަތުގެ އަގު ވަޒަންކޮށް އެވޯޑް ދެއްވީ އޫރިދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ނަޖީބް ޚާން އެވެ. ކުޅުދުއްފުށީ އޮންލައިންގެ ފަރާތުން އެވޯޑްއާ ހަވާލުވީ ސީއީއޯ ބަދުރުއްދީން ޙަސަން އެވެ.
މިހަފްލާގައި ވާހަކަ ދައްކަވަމުން އޫރިދޫގެ އެމްޑީ އަދި ސީއީއޯ ވިދާޅުވީ އޫރިދޫ އިން ރާއްޖޭގެ ޓެލެކޮމިއުނިކޭޝަން އިންޑަސްޓްރީއަށް އާ އަލިކަމަކާއި އާ އުއްމީދެއް ގެނެސްދިން ކަމަށާއި އޫރިދޫގެ ކުރިއެރުންތައް ޕާޓްނަރުންނާ ނުލާ ފުރިހަމަ ނުވާނެއެވެ. އަދި އޫރިދޫއަށް ކާމިޔާބުތައް ހޯދުނީ ދިވެހި ރައްޔިތުންގެ އެހީތެރިކަމާއި ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.
އުރީދޫ މޯލްޑިވްސް އަށް 15 އަހަރު ފުރުން މިއަހަރު ފާހަގަ ކުރަމުންދާއިރު، އެކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވާ ކަލަރ ރަން މިއަހަރު ކުޅުދުއްފުށީގައި ބާއްވާނެކަން ވަނީ އިއުލާން ކޮށްފައެވެ.