twitterviber whatsapp telegramfacebookyoutube instagram
25th April 2024

ޓޫރިޒަމް ދާއިރާއަށް މީހުން ނެރުމަށް އެވިޑުން ހާއްސަ ކޯހެއް ފަށަނީ

ނަބީލާ އިސްމާޢީލް
Jan 28, 2020

ޓޫރިޒަމް ދާއިރާ އަށް ނުކުންނަން ބޭނުންވާ މީހުންނަށް ޚާއްސަ ކޮށްގެން އެވިޑް ކޮލެޖުން ފަށާ "ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް އިން ސެޓްފިކެޓް 3" އަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ހުއްދައާ އެކު ހަތަރު މަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހެވެ.

މި ކޯހުގައި މައިގަނޑު ގޮތެއްގައި ކިޔަވައި ދޭނީ ހައުސް ކީޕިން އާއި ފްރޮންޓް އޮފީހުގެ ކަންކަން ހިންގާނެ ގޮތާއި ފުޑް އެން ބެވަރެޖެސް އާއި ކާތަކެތީގެ ސާފުތާހިރު ކަމާއި ރައްކާތެރިކަން ދަމަހައްޓާނެ ގޮތްތަކާ ގުޅޭ ގޮތުން ކޯހުގައި ކިޔަވައި ދޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެ އެވެ.

އެވިޑު ކޮލެޖުން ބުނިގޮތުގައި ޓޫރިޒަމް ދާއިރާއާ ގުޅޭ ތަފާތު މައުލޫމާތު ފޯރުކޮށްދިނުމާއި އަމަލީ ތަޖުރިބާ ލިބޭނެ ގޮތް ވެސް ހަމަޖައްސައި ދޭނެ ކަމަށެވެ.

ގްރޭޑް 10 ނިންމާފައިވާ ދަރިވަރުންނަށް ވެސް ކޯހުގައި ބައިވެރިވެވޭނެ ކަމަށާއި އޮންލައިންކޮށް ވެސް މި ކޯހުގައި ބައިވެރިވާން ހުށަހެޅޭނެ ކަމަށް އެވިޑް ކޮލެޖުން ބުނެ އެވެ.

އިންސްޓޯލްމަންޓް އުސޫލުން ފީ ދައްކަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެވިޑުން ބުންޏެވެ. އެފަދަ ދަރިވަރުން މަހަކު ދައްކަން ޖެހެނީ 888ރ. އެވެ.

އެވިޑް ކޮލެޖަކީ ހެޔޮ އަގުގައިމަތީ ތައުލީމު ދިވެހިންނަށް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކޮލެޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355